ބީއެމްއެލްގެ ގިފްޓް ކާޑު މާލޭގެ އިތުރު 18 ތަނަކަށް

ބީއެމްއެލްގެ ގިފްޓް ކާޑު އިތުރު 18 ތަނަކުން ވިއްކުން މިއަދު އިފްތިތާހުކުރަނީ. ފޮޓޯ / ބީއެމްއެލް
ބީއެމްއެލްގެ ގިފްޓް ކާޑު އިތުރު 18 ތަނަކުން ވިއްކުން މިއަދު އިފްތިތާހުކުރަނީ. ފޮޓޯ / ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިފްޓް ކާޑު މާލޭގެ ވިޔަފާރި ކުރާ ގިނަ ތަންތަނުން ގަންނަން ލިބޭނެ އިންތިޒާމް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.

މާލޭ ސިވިލް ކޮފީ ސޮސައިޓީ ކެފޭ އިން ވިއްކުން އިފްތިތާހު ކުރަން މިއަދު ހަވީރު ބޭއްވި ހަފުލާގައި ބީއެމްއެލް އިން ވަނީ “އަހަރެންގެ ބޭންކް” އެ ތީމް ހިމެނޭ ގިފްޓް ކާޑު މެހެމާނުންނަށް ހިލޭ ހަދިޔާކޮށްފަ އެވެ.

“އަހަރެންގެ ބޭންކް” ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބީއެމްއެލް އިން މިހާރު ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

އެ ހަފުލާގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ގިފްޓް ކާޑަކީ ރަހުމަތްތެރިންނާއި ލޯބިވެރިންނަށް ދޭން ވަރަށް ރަނގަޅު ހަދިޔާއެއް ކަމަށެވެ.

ބީއެމްއެލް ގިފްޓް ކާޑް
ބީއެމްއެލް ގިފްޓް ކާޑް

އަދި އިތުރު ތަންތަނުން އެ ކާޑު ގަންނަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ކާޑު ނަގުދު ފައިސާގެ ހަދިޔާގެ ގޮތުގައި ދިނުމުގެ ބަދަލުގައި ބޭނުން ކުރެވޭނެކަމަށް ޝަރީފް ވިދާޅުވި އެވެ.

މާލޭގެ 18 ތަނަކުން ގިފްޓް ކާޑު ގަންނަ ލިބެން ހުންނާނެ އެވެ. އެއީ ސިވިލް ކޮފީ ސޮސައިޓީގެ އިތުރުން ޖޭޒް ކެފޭ، ގިފްޓް ސްޕޮޓް، ޓޯޓަލް ފިޓްނެސް ގްރޫޕް، ޑިޖާވޫ، ފްލޮރެސްޓް، ލެ ޕާފިއުމް، ލެކިއުޓް، އެޑް އޮން ސްޓޯ، ސޮނީ ސްޕޯޓްސް، ރައުންޑް ވަން ބުކް ޝޮޕް، ރާދަ ބުކްޝޮޕް، ނޮވެލްޓީ ބުކްޝޮޕް، އެސްޓާސް، ޗާނދަލިޔާ އޮފީސް ޖަޔަންޓް، ޖާނދަލިޔާ ބުކްޝޮޕް، ޗާންދަލިޔާ ބުކް ސެންޓަރު އަދި ނޮލެޖް ބުކްޝޮޕެވެ.

މިދިޔަ އަހަރު ލޯންޗުކުރި ބީއެމްއެލް ގިފްޓް ކާޑަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް އަދި ގަންނަ ވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ. އެގޮތުން ގިފްޓް ކާޑުގެ 200ރ. ގެ ކާޑާއި 300ރ. ގެ ކާޑާއި 500ރ. ގެ ކާޑުގެ އިތުރުން 700ރ. އަދި 1000ރ. ގެ ކާޑު ވެސް ލިބެން ހުރެ އެވެ. ޕީއޯސް މެޝިންތައް ބޭނުންކޮށްގެން އެ ކާޑުން ކޮންމެ ވިޔަފާރިއެއް ކުރެވުނަސް އޭޓީއެމްތަކުން ފައިސާއެއް ނުނެގޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.