ބީއެމްއެލް އިން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކޮށްފި

ބީއެމްއެލްގެ ތިން މުވައްޒަފަކު މިއަދު ލޭ ހަދިޔާކުރަނީ.-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ތިން މުވައްޒަފަކު މިއަދު ލޭ ހަދިޔާކުރަނީ.– ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

ބީއެމްއެލްގެ އިސްލާމިކް ބްރާންޗް ހުންނަ މާފަންނު، ސީ ޓްރެކްސް ބިލްޑިންގައި އިއްޔެ ކުރިޔަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގައި އެ ކުންފުނީގެ 30 މުވައްޒިފަކު ވަނީ ލޭ ހަދިޔާކޮށްފަ އެވެ.

ބީއެމްއެލްގެ ތިން މުވައްޒަފަކު މިއަދު ލޭ ހަދިޔާކުރަނީ.-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ތިން މުވައްޒަފަކު މިއަދު ލޭ ހަދިޔާކުރަނީ.– ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން ބުނީ އެ ޕްރޮގްރާމްގެ ދަށުން ބޭންކްގެ މުވައްޒަފުން ހަދިޔާ ކުރި ލޭ ބޭނުން ކުރާނީ ތެލެސީމިޔާ ކުދިންނަށް ކަމަށެވެ. އެ ކެމްޕޭންގައި ބައިވެރިވެ ލޭދިން ބޭންކްގެ ސްޓާފުންނަށް ހާއްސަ ހަދިޔާއެއް ވެސް ވަނީ ބޭންކްގެ މެނޭޖްމަންޓްގެ ފަރާތުން ދީފަ އެވެ.

އާންމުންނާ އޮންނަ ގުޅުން ބަދަހި ކުރުމަށް ބޭންކުން ކުރިއަށް ގެންދާ “އަހަރެންގެ ބޭންކް” ކެމްޕޭންގައި މުޖުތަމައަށް ފައިދާ ވާނެ ކޮންމެވެސް ހަރަކާތެއް މި މަހުގެ ކޮންމެ ދުވަހަކު ހިންގާނެ އެވެ. އެގޮތުން ބީއެމްއެލްގެ މުވައްޒަފުން ހޮނިހިރު ދުވަހު ވަނީ ހުޅުމާލެ ގޮނޑުދޮށް ސާފުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.