ކޭކު ޑެކަރޭޝަން ކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓްދީފި

ކޭކު ޑެކަރޭޝަން ކޯހުން ސެޓްފިކެޓް ހާސިލުކުރި ދަރިވަރުން. ފޮޓޯ / ފޭލި
ކޭކު ޑެކަރޭޝަން ކޯހުން ސެޓްފިކެޓް ހާސިލުކުރި ދަރިވަރުން. ފޮޓޯ / ފޭލި

އީއެފްއީއެސް އިންސްޓިޓިއުޓް އޮފް ކޭކު ޑެކަރޭޝަން އެންޑް އާޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެން އޭދަފުށީގައި ހިންގި އެމެރިކާގެ މަޝްހޫރު ވިލްޓަން މެތަޑުގެ ކޭކު އަޅަން ދަސްކޮށްދޭ ބޭސިކް ކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އެއް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނީ މަލްޓިޕާޕަސް ހޯލުގައި މިއަދު ހަވީރު ބޭއްވި ހަފުލާއެއްގަ އެވެ.

feyli

ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް އާއި އެ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ނަސްރާ އެވެ.

ފޭލި ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި 17 ބައިވެރިން މި ކޯސް ފުރިހަމަކުރި އެވެ.

ވިލްޓަން މެތަޑް ކޭކަކީ ކޭކު އުފެއްދުމުގެ ވިޔަފާރި މާކެޓްގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑެވެ. ދުނިޔޭގެ 57 ގައުމެއްގައި ވިލްޓަން ގެ ޓީޗަރުން ތިބޭއިރު މި ހުރިހާ ގައުމެއްގައިވެސް ކިޔަވައިދެނީ އެއް ސިލަބަހަކަށެވެ. އެގޮތުން މިއަދު ކޯސް ނިންމި ބައިވެރިންވެސް ކިޔަވާފައިވަނީ މި ކޯސް ފުރިހަމަކޮށްފައިވަނީ ވިލްޓަންގެ ސިލަބަހަށެވެ. އެގޮތުން ކޯހުގެ ބައިވެރިން މިއަދު ހޯދި ސެޓްފިކެޓަކީވެސް ވިލްޓަންގެ ދުނިޔެ ގަބޫލުކުރާ ސެޓްފިކެޓެއް ކަމަށް ފޭލިން ބުންޏެވެ.

“މިއީ ފަންނީ މީހުން ބިނާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ހިންގި ކޯހެއް. އަޅުގަނޑުމެން މިފަދަ ކޯސްތައް ހިންގަނީ ގޭގައި ތިބެގެން ނަފާ ހޯދަން ބޭނުންވާ މީހުންނަށް ވީހާވެސް ކައިރިން ތަމްރީން ދޭން. މި ކޯސް ނިންމި ބައިވެރިންނަށް ލިބުނު ސެޓްފިކެޓަކީ އިންޓަނޭޝަނަލް ފެންވަރުގެ ސެޓްފިކެޓެއް. އިރާދު ކުރެއްވިއްޔާ ކޭކު ޑެކަރޭޝަން އެޑްވާންސް ކޯހެއް ރޯދަ ފަހުން މިރަށުގައި ފަށާނަން،”

ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިން ތައްޔާރުކުރި ކޭކުތައް ދައްކާލުން އޮތެވެ.

DSC_1179

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.