ކުޑަކުދިންގެ ޕާކު ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފި

ދެކުނު ފަރާތުގަިއ ކުޑަކުދިންގެ ޕާކު ހަދާ ސަރަހައްދު. މިހާރު ކުރިއަށްދަނީ މިތަން ޑިޒައިން ކުރުމުގެ މަސައްކަތް
ދެކުނު ފަރާތުގަިއ ކުޑަކުދިންގެ ޕާކު ހަދާ ސަރަހައްދު. މިހާރު ކުރިއަށްދަނީ މިތަން ޑިޒައިން ކުރުމުގެ މަސައްކަތް

އޭދަފުށީ އަމިއްލަ ފަރާތަކުން އިސްނަގައިގެން ދެނުކު ފަރާތުގައި އަލަށް ހިއްކި ބިމުގައި ހަދާ ކުޑަކުދިންގެ ޕާކު ހެދުމަށް ހޯދަންޖެހޭ ހުއްދަތައް ލިބުމާއެކު ޕާކު ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި ޕާކް ހަދަން ރަށު ކައުންސިލުން ބިން ދޫކޮށްފައިވަނީ ދެކުނު ފަރާތުގައި ހިއްކި ބިމުގައި އާއްމުން ގޮސް މަޑުކޮށްލެވޭގޮތަށް ހަދާފައިވާ ފިނި މައިޒާނުގެ ހުޅަގުންނެވެ. އެ ސަރަހައްދުން 5000 އަކަފޫޓްގެ ބޮޑު ބިމެއް މި ޕާކު ހެދުމަށް ވަނީ ދޫކޮށްފަ އެވެ.

ނަން ހާމަ ނުކުރުމަށްއެދި މިކަމުގައި އިސްކޮށް އުޅޭ ފަރާތަކުން “އީޓީ” އާ ވާހަކަ ދައްކަމުން ބުނީ މިހާރު ކުރިއަށްދަނީ ޕާކް ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށާއި އަންނަ ހަފްތާތެރޭ އެ މަސައްކަތް ނިމޭވަރުވާނެ ކަމަށެވެ.

އީޓީއާ ވާހަކަދައްކަމުން އިތުރަށް އެ ފަރާތުން ހާމަކުރިގޮތުގައި އެ ޕާކްގެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާނަމަ އަންނަ ކުޑައީދަށް ޕާކު ނިންމައި ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށެވެ.
ކުޑަ ކުދިންނަށް ހާއްސަކޮށްގެން ހަދާ މި ޕާކު ތަރައްގީ ކުރަން ނިންމާފައިވަނީ ބޮޑެތި މީހުންނަށް ހާއްސަ އައުޓް ޑޯ ޖިމެއްވެސް ހިމެނޭ ގޮތަށެވެ.

“ޕާކަށް ބޭނުންވާ ގިނަ ސާމާނު މިހާރު ހުރީ ރަށަށް ގެނެސްފައި، އަދިވެސް ބައެއް ސާމާނު ރާއްޖޭން ބޭރުން ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން، އަޅުގަނޑުމެން މަސައްކަތް މިކުރަނީ މާލޭގެ ކާނިވާ ސަރަހައްދުގައި ހުރި ފެންވަރުގެ ޕާކެއް ރަށުގައިވެސް ގާއިމްކުރަން،”

އަމިއްލަ ފަރާތަކުން އޭދަފުށީ ހިއްކި ބިމުގައި ޕާކެއް ތަރައްގީ ކުރަން ތައްޔާރުވަމުން އަންނައިރު، މިރަށު އުތުރުފަރާތު ދިގަލިގޭ ކުރިމަތީގައިވެސް ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް އޭދަފުށީ ޒުވާނުންގެ ކްލަބުން އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.