އަތޮޅުތަކުގައި ހިންގާ ސީއެސްއާރު ހަރަކާތްތަކަށް ބީއެމްއެލްއިން އެހީވަނީ

thumbnail_BML-CSR-KUDAHUVADHOO-2

މިއަހަރުތެރޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގާ ސީއެސްއާރު ހަރަކާތްތަކަން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން މިހާރު ކުރިއަށް ގެންދާ “އަހަރެންގެ ބޭންކް” ކެމްޕޭނުގެ ދަށުން މިކަން އިއުލާންކޮށްފައިވަނީ މިއަދު ދ ކުޑަހުވަދޫގައި ކުރިޔަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަށް ފަންޑް ހޯދުމަށް އެ އަތޮޅެއްގެ ބޭންކް ބްރާންޗު މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.

ބީއެމްއެލް އިން މި މަހު ފެށި “އަހަރެންގެ ބޭންކް” ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.

ކޮމިއުނިޓީ ކެމްޕޭނެއް ފެށުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ހިދުމަތްތައް ފުޅާ ކުރަން މި އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.