އޭލެވެލްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

326-baec

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް އަށް ވަނުމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ މަރުކަޒުން މިއަދު ބުނީ، ގިނަ ދަރިވަރުންތަކެއްގެ އެދުމުގެ މަތިން، އޭލެވެލް އަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހަފުތާގެ ބުރާސްފަތިދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން އޭލެވެލްއަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އިއްޔެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މިއަހަރު ބީޓެކް އޭލެވެލް ތައާރަފްކޮށް އޭލެވެލަށް ކިޔަވަން ބޭނުންވާ ދަރިވަރުން އެ ފުރުސަތުވެސް ހުޅުވާލައިފަ އެވެ.

އޭލެވެލް އިން ޖާގަދޭ ޝަރުތުތައް:

2015 ނުވަތަ 2016 ވަނަ އަހަރު އެސް.އެސް.ސީ. އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް އިން ދަށްވެގެން “ސީ” ފާސްލިބިފައިވުން.

2015 ނުވަތަ 2016 ވަނަ އަހަރުގެ ޖީ.ސީ.އީ. އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިހާނުން ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް ނުވަތަ ކޮމާރސް) މަދުވެގެން 2 މާއްދާއިން ދަށްވެގެން “ސީ” ފާސްލިބިފައިވުން. އިތުރު އެއް މާއްދާއިން ފާސްވެފައިވުން

އަތޮޅު ތެރޭގައި ފުރަތަމަ އޭލެވެލް އަށް ކިޔަވައިދޭން ފެށި ސްކޫލުތަކުގެ ތެރޭގައި ހިމެނޭ އެ ސްކޫލުގައި އޭލެވެލުގައި ކިޔަވާ ދަރިވަރުންނަށް ގިނަ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ސްކޯލަޝިޕްތަކެއް ދަނީ ދެމުންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި ގްރޭޑް 11 ގެ ކްލަށްތަކުގެ ކިޔެވުން ފަށާނީ އަންނަ މާޗު މަހުގެ ތެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.