އުޅަނދުތައް އަޅާފައި ކެޕްޓަނުންނާ ފަޅުވެރިން ނިޔަމި ކޯހުގައި

ބ. އޭދަފުށީގައި ފެށި ނިޔަމި ކޯހުގެ ބައިވެރިންނަށް އެމްއެންޑީއެފްގެ އޮފިސަރަކު ކިޔަވައިދެއްވަނީ. --ފޮޓޯ: އަތޮޅު ކައުންސިލް
ބ. އޭދަފުށީގައި ފެށި ނިޔަމި ކޯހުގެ ބައިވެރިންނަށް އެމްއެންޑީއެފްގެ އޮފިސަރަކު ކިޔަވައިދެއްވަނީ. –ފޮޓޯ: އަތޮޅު ކައުންސިލް

ބ. އަތޮޅުގުގައި ކަނޑުގައި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުންނާއި ފަޅުވެރިންނަށް ހާއްސަކޮށްގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިޔަމި ކަމުގެ ކޯހެއް މިއަދު އޭދަފުށީގައި ފަށައިފި އެވެ.

ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިން ބ. އަތޮޅު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ އެކޯހުން މިފަހަރު ޖާގަދިނީ 60 މީހުންނަށެވެ. 30 މީހުން ދެ ބެޗަކަށް ބަހާލައިގެން އެ ކޯސް ކުރިއަށްދަނީ ބ. ޓީއާރުސީ އަދި މަލްޓިޕާޕަސްގެ ކްލާސްރޫމު ގައެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް ވިދާޅުވީ މިއީ އަލަށް އެކުލަވާލާފައި އޮތް ގަވާއިދުގެ ދަށުން ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް ކަނޑުމަތީގައި އުޅެވޭނީ ނިޔަމި ކަމުގެ ސެޓްފިކެޓެއް އޮވެގެން ކަމަށް ވާތީ އާއި އެފަދަ އުޅަންދެއް ނަމަ މަދުވެގެން ދެ ފަޅުވެރިއެއްގެ އަތުގައި އެ ސެޓްފިކެޓް އޮންނަން ޖެހޭތީ އެ ފުރުސަތު ފަހިކޮށްދޭން ހިންގާ ކޯހެއް ކަމަށެވެ.

އޭދަފުށީގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ނިއަމި ކޯހުގައި ކިޔަވައިދެނީ
އޭދަފުށީގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ނިއަމި ކޯހުގައި ކިޔަވައިދެނީ

އެ ކޯހުގައި ކިޔަވައިދެނީ އެމްއެންޑީއެފުގެ ކޯސްޓުގާޑުގެ ސިފައިންނެވެ.

މި ކޯސް ފެށުމާއެކު މިއަދުވަނީ އޭދަފުއްޓާ މާލެއާ ދެމެދު ދަތުރުކުރާ ލޯންޗުދަތުރުތަކަށް ބުރޫ އަރައިފަ އެވެ. އެގޮތުން މާލެއާ އޭދަފުއްޓާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗުތައް މިއަދު ވަނީ ކެންސަލް ކޮށްފަ އެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި މިއަދު ފެށި ކޯސް އަންނަ ހޯމަދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އެމްއެންޑީއެފުން ބުނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ މިންގަނޑަށް ކުރިއަށް ގެންދާ ކޯހުގައި މައިގަނޑު ހަތަރު ބައެއް ކިޔަވައިދޭނެ ކަމަށެވެ. އޭގެތެރޭގައި ނެވިގޭޝަނާއި ސޭފްޓީ އާއި ކޮމިއުނިކޭޝަން އަދި ރެގިއުލޭޝަން ހިމެނޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.