އޭދަފުށީގައި އަޅާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ފަށަނީ

އޭދަފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް. މިރަށޫގަ އަޅާ 100 ހައުސިންގެ މަސައްކަތް އަންނަ މަހު ބަޔަކާ ހަވާލުކުރާނެ. -- ފޮޓޯ: ނައުޝަލް/އީޓީ
އޭދަފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް. މިރަށޫގަ އަޅާ 100 ހައުސިންގެ މަސައްކަތް އަންނަ މަހު ބަޔަކާ ހަވާލުކުރާނެ. — ފޮޓޯ: ނައުޝަލް/އީޓީ

ސަރުކާރުން އޭދަފުށީގައި އިމާރާތް ކުރުމަށް ނިންމާފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތުގެ އެއްބަސްވުމުގައި އަންނަ މަހު ސޮއިކުރާ ގޮތަށް ނިންމައިފި އެވެ.

މިއަހަރު އޭދަފުށީ ހިމެނޭ ގޮތަށް އަށް ރަށެއްގައި 600 ހައުސިން ޔުނިޓު އަޅަން ފަށާނެ ކަމަށް ސަރުކާރުން އިއުލުންކުރީ މިދިޔަ އަހަރު ނިމެނިކޮށެވެ. އަދި އެ ރަށްރަށުގައި ރަށްތަކުގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ރައީސް އޮފީހުންވަނީ ހައުސިން މިނިސްޓްރީއަށް އަންގާފައެވެ.

އެހެންވެ އެ ހައުސިން ޔުނިޓުތައް އަޅާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން މިއަހަރު ފެށުމާއެކު އައީ ކުރަމުންނެވެ.

އޭދަފުށީގައި 100 ހައުސިން ޔުނިޓް އަޅަން އެއްބސްވުމުގައި ސޮއިކުރަން ތައްޔާރުވަމުން އަންނައިރު މިރަށުން ގެދޮރު އެޅުމަށް ގޯތި ދޫކުރަންވެސް ހައުސިން މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.

އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް މިއަދު އީޓީއަށް ވިދާޅުވީ މިރަށުގައި ސަރުކާރުން އަޅާ 100 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި އަންނަ މާޗުމަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ގެދޮރު އެޅުމަށް ގޯތި ދޫކުރުމަށް ރޭވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

“ނަމަވެސް ހިއްކި ސަރަހައްދުގެ ލޭންޑްޔޫސް ޕްލޭން އަދި ފާސްނުވާތީ، ގޯތި ދެވޭނެ އަދަދެއް ކަނޑައެއް އެޅިފައެއް ނުވޭ” ނައުރީފް ވިދާޅުވި އެވެ.

ރަށްރަށުގައި ހައުސިން ޔުނިޓް އެޅުމަކީ ހައުސިން މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.