“ރަންވޭލާ” ކެމްޕޭން ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި

"ރަންވޭލާ" ކެމްޕއިން ފެށުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ކެމްޕެއިނު ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައި – ފޮޓޯ / ޖެންޑާ މިނިސްޓްރީ
“ރަންވޭލާ” ކެމްޕއިން ފެށުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ކެމްޕެއިނު ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައި – ފޮޓޯ / ޖެންޑާ މިނިސްޓްރީ

ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމެލީން ބ. އަތޮޅުގައި ކުރިއަށްގެންދިޔަ “ރަންވޭލާ” ކެމްޕޭން ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި އެވެ.

“ރަންވޭލާ” ކެމްޕއިނަކީ މުޖުތަމައާއި އާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމަށާއި އެ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ. މިއަތޮޅުގައި މި ކެމްޕޭން އިފްތިތާހު ކުރީ މިދިޔަ އަހަރު އޯގަސްޓްމަހު އޭދަފުށީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާއްމުކުރި ނޫސް ބަޔާނެއްގައި ބުނި ގޮތުގައި ރަންވޭލާ ކެމްޕޭނުގެ ދަށުން އުމުރުން ދޮށީ މީހުންނަށް އަމާޒުކޮށްގެން މިއަތޮޅުގެ 13 ރަށެއްގައި ވަނީ ތަފާތު ގިނަ ޕްރޮގްރާމުތަކެއް ހިންގާފަ އެވެ.

އެގޮތުން ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި، އެ ފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެގޮތްތައް މަގުފަހި ކޮށްދިނުމާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިއްމުކަމާމެދު ސެޝަންތަކެއް ވަނީ ހިންގައިފަ އެވެ.

"ރަންވޭލާ" ކެމްޕއިން ފެށުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ކެމްޕެއިނު ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައި – ފޮޓޯ / ޖެންޑާ މިނިސްޓްރީ
“ރަންވޭލާ” ކެމްޕއިން ފެށުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ކެމްޕެއިނު ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައި – ފޮޓޯ / ޖެންޑާ މިނިސްޓްރީ

މީގެ އިތުރުން ޖެންޑާ މިނިސްޓްރީއާއި ބ. އަތޮޅުހޮސްޕިޓަލު އަދި ހެލްތު ސެންޓަރުތައް ގުޅިގެން މިއަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ދޮށި އުމުރުގެ މީހުންނަށް ހެލްތު ސްކްރީން ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ، އަދި 65 އަހަރުން މަތީގެ ދާންމަތިވެފައިވާ ފަރާތްތަކާއި ދޮށި އުމުރުގެ މީހުންގެ ގާތަށް ޖެންޑާ މިނިސްޓްރީގެ ބޭފުޅުން ޒިޔާރަތްކޮށް ހާލު ބައްލަވާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި މި ސެޝަންތަކުގައި 180 އަށްވުރެ ގިނަ ދޮށީ އުމުރުގެ މީހުންބައިވެރިވި އެވެ. އަދި އުމުރުން ދުވަސްވީ މީހުންނާ ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި، އެ ފަރާތްތަކަށް ޒުވާނުންގެ ފަރާތުން ލިބޭ އެހީތެރިކަން އިތުރުކުރުމަށްޓަކައި ބ. އަތޮޅުގެ 100 އަށްވުރެ ގިނަ ޒުވާނުންނަށްވެސް ސެޝަންތަކެއް ހިންގާފައިވާ ކަމަށް އެ މިނިސްޓްރީން ނޫސް ބަޔާނުގައި ވެ އެވެ.

"ރަންވޭލާ" ކެމްޕއިން ފެށުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ކެމްޕެއިނު ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައި – ފޮޓޯ / ޖެންޑާ މިނިސްޓްރީ
“ރަންވޭލާ” ކެމްޕއިން ފެށުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ކެމްޕެއިނު ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައި – ފޮޓޯ / ޖެންޑާ މިނިސްޓްރީ

މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރުރަށް ހަރުދަނާ ކުރމުގެ މަގުސަދުގައި މިއަތޮޅުގައި މަސައްކަތް ކުރާ ހުރިހާ ހެލްތު ކެއާ ވާކަރުންނާއި އިޖްތިމާއީ ހިދުމަތް ތެރިންނަށްވެސް މި ކެމްޕެއިންގެ ދަށުން ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގައިފައިވާ ކަމަށް އެ މިނިސްތްރީން ބުންޏެވެ.

“ރަންވޭލާ” ކެމްޕެއިނުގެ ހަރަކާތްތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.