ދިރާގުގެ ހިއްސާދާރުންނަށް 1.1 ބިލިއަން ރުފިޔާ ބަހަނީ

dhiraagu

ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގަށް މިދިޔަ އަހަރުގައި ލިބުނު ފައިދާގެ 1.1 ބިލިއަން ރުފިޔާ ހިއްސާދާރުންގެ މެދުގައި ބެހުމަށް ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

ފާއިތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ހިއްސާދާރުންގެ މެދުގައި ފައިދާ ބެހުމަށް ނިންމާފައިވާއިރު އިންޓެރިމް ޑިވިޑެންޑުގައި ހިއްސާއެއްގެ އަގު ޖެހިފައިވަނީ 5.92ރ. އަށެވެ. ފައިނަލް ޑިވިޑެންޑުގައި ހިއްސާގެ އަގު ވަނީ 8.45ރ. އަށް އަރާފައެވެ.

މި މުއްދަތުގެ ތެރޭގައި ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރުގައި ހިދުމަތް ފޯރު ކޮށްދިނުމަށް 1.6 ބިލިއަން ރުފިޔާއާ ގާތަށް އިންވެސްޓްކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިރާގުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ވަނީ ފަސް ލައްކަ އަށް އަރައިފަ އެވެ.

ދިރާގުން ބުނެފައިވަނީ ކުންފުނީގެ ކާމިޔާބަކީ ކަސްޓަމަރުންގެ އިތުބާރާއި ހިއްސާދާރުންގެ ޔަގީންކަމާއި ހީވާގި މުވައްޒިފުންގެ ބުރަ މަސައްކަތް ކަމަށެވެ.
ދިރާގުން ބުނީ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ފާސްކުރާ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ މިދިޔަ އަހަރުގެ އާންމު ޖަލްސާ އަށް އިއުލާނު ކުރެވޭ “ބުކް ކޯލްޝާ ޑޭޓް” ގައި ކުންފުނީގެ ރަޖިސްޓާގައި ލިސްޓްކުރެވިފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.