ބީއެމްއެލްއިން ތިން ޖަމިއްޔާއަކަށް އެހީ ދީފި

3 ޖަމިއްޔާއަކަށް ފައިސާގެ އެހީ ދިނުމަށް ބީއެމްއެލް އިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް
3 ޖަމިއްޔާއަކަށް ފައިސާގެ އެހީ ދިނުމަށް ބީއެމްއެލް އިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 3 ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފި އެވެ.

ބީއެމްއެލް އިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް” ކެމްޕޭންގެ ބައެއްގެ ގޮތުގައި، މިއަދު ފައިސާގެ އެހީ ދިން ޖަމިއްޔާތަކަކީ މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއަޑް ސޮސައިޓީ އަދި މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަނެވެ. މިއިން ކޮންމެ ޖަމްޢިއްޔާއަކަށް 30،000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

ބީއެމްއެލް ސްޓާފް ޗެރިޓީ ރަން - ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ސްޓާފް ޗެރިޓީ ރަން – ފޮޓޯ: ބީއެމްއެލް

އެ ޖަމިއްޔާއަށް ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ބީއެމްއެލްއިން މިއަދު ހެނދުނު ކުރިއަށްގެންދިޔަ ސްޓާފް ޗެރިޓީ ރަން ނިންމާލުމަށްފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ޖަމިއްޔާތަކަށް ހަދިޔާކުރި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާތަކުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކަށެވެ.

ބީއެމްއެލް ސްޓާފް ޗެރިޓީ ރަންގައި އެ ކުންފުނީގެ 250 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ.

16797190_1201272879992351_4809535590795960987_o

“އަހަރެންގެ ބޭންކް” ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމަޢު ބީއެމްއެލްއާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭންގެ ތެރެއިން މި ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމަޢަށް ފައިދާ ހުރި ހަރަކާތެއް ބޭންކުން ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.