ކުނި އުކާލުމުގައި ކައުންސިލުން އިހުމާލުވަނީ!

އޭދަފުށީ ދެކުނު ފަރާތު މޫދާ ދިމާލަށް އުކާލާފައިހުރި ކުނި ކޮތަޅުތަކެއް-- ފޮޓޯ: ޒިޔާދު
އޭދަފުށީ ދެކުނު ފަރާތު މޫދާ ދިމާލަށް އުކާލާފައިހުރި ކުނި ކޮތަޅުތަކެއް– ފޮޓޯ: ޒިޔާދު

އޭދަފުށިން ކުނި މެނޭޖުކުރުމުގައި ރަށު ކައުންސިލުން އިހުމާލު ވަމުންދާކަމުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުވާން ފަށައިފި އވެ.

މޫދަށް ޕްލާސްޓިކް ކޮތަޅު ތަކާއެކު ކުނި އުކާލާ މަންޒަރު ފެނި އެކަމާ ކޮންބޮޑުވެގެން، މީހަކު ފޮޓޯ ނަގައި، ސޯސަލު މީޑިގައި އާއްމުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ކައުންސިލަށްވަނީ އަމާޒުކޮށްފަ އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ބަދިގެތަކުން ނެރޭ ބާކީވާ ކާބޯތަކެތި ޕްލާސްޓިކް ކޮތަޅު ތަކާއެކު އުލާފައިވާ މަންޒަރު ފެނެ އެވެ. އަދި އެ ސަހައްދުން މޫދު އެއްކޮށް އޮތީ ޕްލާސްތިކު ކޮތަޅާއި ކުނިބުނިން ތަޣައްޔަރުވެފަ އެވެ.

މޫދަށް ކުނިތައް އަޅާފައިވާއިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމު ކުރި މީހާ ވަނީ ގިނަ ސުވާލުތަކެއް އުފައްދައިފަ އެވެ.

ޕްލާސްޓިކް ކޮތަޅުން މޫދު ތަޣައްޔަރުވެފައި
ޕްލާސްޓިކް ކޮތަޅުން މޫދު ތަޣައްޔަރުވެފައި

“ތިޔަ ބޭފުޅުން ސަތޭކަ ރުފިޔާ ޚަރަދުކޮށްފަ ކުނި އުކާލަނީ މިކަހަލަ ގޮތަކަށް ކަންތައްވާން ބޭނުންގެން ބާ؟ ނީނީ މިއީ މިކަން ކުރަން އަންގާފައި އޮންނަ ގޮތް ބާ؟ މިއީތަ އެ ބުނާ ޕްރޮޕަރ ވޭސްޓް މެނޭޖްމަންޓް؟ އެނަވަޔަރަމަންޓަށް މިކަމުން ކުރާނެ އަސަރު ނޭނގެނީބާ؟”

އަދި އެ ޕޯސްޓަށް ކޮމެންޓްކުރި ބައެއް މީހުން ބުނީ މިގޮތަށް މިކަން ކުރަން ފީ އެއް ނެގުމުގެ މާނައެއް ނެތް ކަމަށާއި މިގޮތަށް ކުނި އުކައިދިނުމުގެ ހިދުމަތް ނުދިނަސް ކައުންސިލަށް ސަތޭކަ ރުފިޔާ ދެވިދާނެ ކަމަށެވެ.

 

ރަށު ކައުންސިލުން ވާހަކަދެއްކި މެންބަރު މުހައްމަދު ރިޒާ މިރޭ ވިދާޅުވީ، އުނި އުކާލުމުގެ ހިދުމަތް ދޭން ފެށިފަހުން އެކަހަލަ މައްސަލައެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށާއި ނަމަވެސް މިއަދު އެގޮތަށް އެކަން ކޮށްފައި އޮތުމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލާނެ ކަމަށެވެ.

އޭދަފުށީ ދެކުނު ފަރާތު މޫދާ ދިމާލަށް އުކާލާފައިހުރި ކުނި ކޮތަޅުތަކެއް-- ފޮޓޯ: ޒިޔާދު
އޭދަފުށީ ދެކުނު ފަރާތު މޫދާ ދިމާލަށް އުކާލާފައިހުރި ކުނި ކޮތަޅުތަކެއް– ފޮޓޯ: ޒިޔާދު

ޒިންމާ ނުއުފުލާނަމެކޭ ނޫން. ކައުންސިލުން އަންގާފަ އޮންނާނީ މޫދަށް އެއްވެސް ކޮތަޅެއް ނާޅަން. ހަމައެކަނި ކާއެއްޗެހި މޫދަށް އަޅަން އަންގާފައި އޮންނާނީ، އެކަމަކު އެ ޒިންމާއިން ކެނޑެނީކީ ނޫން، އެކަން އެ އޮތީ ކޮށްފަ ކޮންމެ ގޮތެއްގަ ވިޔަސް،”

އޭދަފުށީގެ ގޭ ބިސީތަކުގަ އާއި އެހެނިހެން ތަންތަކުގައި އުފެދޭ ކުނި، ކުނިކޮށްޓަށް އުކައިދިނުމުގެ ހިދުމަތް ރަށު ކައުންސިލުން ދޭން ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރުމަހު އެވެ. އެގޮތުން އޭދަފުށީގެ ގޭ ބިސީ ތަކުގައި އުފެދޭ ބޮޑެތި ކުނިބުނި އުކާލަން 75ރ. އާއި 100ރ. އާ ދެމެދުގެ އަގެއް ނަގަ އެވެ. އަދި އަމިއްލަ ވިޔަފާރިތަކާއި އޮފީސް ކުންފުނިފަދަ ތަންތަކުން ކުނި އުކާލުމަށް 200ރ އާއި 1000ރ އާ ދެމެދުގެ އަގެއް ނަގައެވެ.

ތިމާވެއްޓާބެހޭ ގާނޫނުގެ ދަށުން މިގޮތަށް މޫދަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. މިގާނޫނާ ހިލާފުވާ ފަރާތްތަކުން މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 100 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް ގާނޫނުގައި ވެއެވެ. އެކަމަކު މިކަންކަމަށް ފިޔަވަޅު އެޅެނީ ވަރަށް މަދުންނެވެ.

16807403_10154726686013880_5839592791251294248_n

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. aishath

    Councilun furathama kuni ukan fesi mahuves councilge samaal kaman thimassala genevunu. councilan negi vaa kamen zinmaa nagan thibe faraainthakun thigothan javaabu dhaaree vaathee v hithaama kuraavas avas furusathenga thikaman hallen libene kaman ummeedu kuran. ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.