ޑޮލަރަށް ހާއްސަ އާ އޭޓީއެމްތަކެއް ބީއެމްއެލް އިން ހުޅުވައިފި

ބީއެމްއެލް އިން ޑޮލަރަށް ހާއްސަކޮށްގެން މިއަދު ހުޅުވީ އޭޓީއޭއެމް ސެންޓަރު-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން ޑޮލަރަށް ހާއްސަކޮށްގެން މިއަދު ހުޅުވީ އޭޓީއޭއެމް ސެންޓަރު– ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރަށް ހާއްސަކޮށްފައިވާ ތިން އޭޓީއެމް ހިމެނޭ ސެންޓަރެއް މާލޭގައި ހުޅުވައިފިއެވެ.

ބީއެމްއެލްއިން މިހާރު ކުރިއަށްގެނދާ ‘އަހަރެންގެ ބޭންކް’ ކެމްޕެއިނުގެ ދަށުން އާޓިފިޝަލް ބީޗު ސަރަހައްދުގައި މި އޭޓީއެމް ސެންޓަރު ހުޅުވައި ދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ

 

ބީއެމްއެލް އިން ބުނީ އެ އޭޓީއެމް ސެންޓަރުން ޑޮލަރު ނެގުމާއި ޖަމައު ކުރުން އަދި ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.

 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ކަސްޓަމަރުންނަށް ބޭންކުގެ ޚިދުމަތްތައް ދަތި ކަމެއް ނެތި އިތުރަށް ފަސޭހަކަ ކުރުމަށް ކުރެވުނު ކަމެއް ކަމުގައެވެ.

 

ބީއެމްއެލް އިން ޑޮލަރަށް ހާއްސަކޮށްގެން މިއަދު ހުޅުވީ އޭޓީއޭއެމް ސެންޓަރު-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން ޑޮލަރަށް ހާއްސަކޮށްގެން މިއަދު ހުޅުވީ އޭޓީއޭއެމް ސެންޓަރު– ފޮޓޯ: ބީއެމްއެލް

 

ޑޮލަރު އޭޓީއެމް ތަކަކީ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް އޭގެ ޚިދުމަތް ބޭނުން ކުރެވޭ އޭޓީއެމްތަކަށް ވާއިރު ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ މިދިޔަ އަހަރުވެސް 645،000 އަށްވުރެ ގިނަ މުއާމަލާތްތައް ޑޮލަރު އޭޓީއެމްތަކުން ކަސްޓަމަރުން ކޮށްފައިވާ ކަމަށެވެ. އޭޓީއެމް ތަކުން މިމުއްދަތުގެ ތެރޭގައި ކަސްޓަމަރުން ނަގާފައިވާ ޑޮލަރުގެ އަދަދު 220 މިލިއަނަށްވުރެ މަތީގައިވާ ކަމަށް ޝަރީފް އިތުރުކޮށްފައިވެއެވެ.

 

ބީއެމްއެލްއަކީ ޑޮލަރު އޭޓީއެމް ރާއްޖޭގައި ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. ޑޮލަރު އޭޓީއެމްގެ ހިދުމަތް ބީއެމްއެލް އިން ފަށާފައިވަނީ 2014 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.