މާޅޮހު ސިއްހީ މަރުކަޒުގެ ޑޮކްޓަރު “ފިލައިފި”

ބ. މާޅޮސް. ނަރުދަމާ ގާއިމުކުރަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން މިހާރު ވަނީ އިއުލާން ކޮށްފައި

ބ. މާޅޮހު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ޑޮކްޓަރު ފިލައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މާލެ ދިޔަގޮތަށް ޑޮކްޓަރުގެ ހަބަރެއް ނުވެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން މެޑިކަލް އޮފިސަރެއްގެ ގޮތުގައި މާޅޮހު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ އެ ޑޮކްޓަރު މާލެ ފޮނުވީ ޑޮކްޓަރުންގެ ފެންވަރު ބެލުމަށް ހެލްތް މިނިސްޓްރީން ހަދަންޖެހޭ ޓެސްޓްތަކެއް ހެދުމަށްފަހު އެނބުރި ރަށަށް އަންނަ ގޮތަށެވެ.

ނަމަވެސް ޑޮކްޓަރު އެނބުރި މާޅޮހަށް ނައިސްގެން އޭނާ އާއި ގުޅޭނެ ގޮތެއް ވޭތޯ އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

“ޑޮކްޓަރު މީގެ ދެހަފްތާއެއްހާ ކުރިން މާލެ ފޮނުވީ ފެންވަރު ބެލުމަށް ހަދަންޖެހޭ ޓެސްޓެއް ހެދުމަށް، އޭގެ ފަހުން އޭނަގެ ހަބަރެއް ނުވެގެން އުޅެނީ، ބޮޑަށް ބެލެވެނީ ޓެސްޓުން ފާސްނުވެގެން އެނބުރި ގައުމަށް ދިޔައީ ކަމަށް،”

އެންގުމެއް ނެތި މާޅޮހު ޑޮކްޓަރު ފުރިކަމަށް ބެލެވޭއިރު، މިދިޔަ އަހަރު ކުރީކޮޅު ބ. އަތޮޅު ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރަކުވެސް ވަނީ ހޮސްޕިޓަލަށް އެންގުމެއްނެތި ފުރައިގެން ގޮސްފަ އެވެ. އޭނާ އެފަހަރު އެނބުރި ގައުމަށް ދިޔައީ އަނބިމީހާ ފުރުވަން ކަމަށްބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މުޙައްމަދު

    ރާއްޖެ ތެރޭގެ ގިނަ ރަށްރަށަށް ފޮނުވަނީ މިކަހަލަ ތާކުންތާކު ނުޖެހޭ ޑޮކްޓަރުން. ދަސްކުރާމީހުން . މިހާރު ކެންދޫގައި ހުރި ޑޮކްޓަރަކީވެސް ކަމުދާމީހެއްނޫން. ބަލިމީހަކު ދިޔައަސް އިންނާނީ ކޮކާހަދަން ،.މާހަދަން. ތަނެއް ދޮރެއްނޭންގޭ؟ މިއަދުވެސް ކުއްޖެއްގެ ނޭފަތަށް އޮށެއް ލެވިގެން ދިޔައިމާ ޑޮކްޓަރ ބުނުއްވީ އިމަޖެންސީކޮށް މާލެދާން. އެންމެފަހުން އެތާނގެ ހެލްތް ވޯކަރެއް އެކަންވެސް ކޮށްލީ ! މީޑޮކްޓަރުންހާލަކީ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.