ކިހާދުއްފަރު ހިންގާ ކުންފުނިން އެ ރިސޯޓުން ފައިބަން އަންގައިފި

ކިހާދު މޯލްޑިވްސް ރިސޯޓުގެ ދެ މުވައްޒަފަކު އިއްޔެ އެރަށޫ ޖެޓީމަތިން ހިނގާފައިދަނީ: ފޮޓޯ: އީޓީ
ކިހާދު މޯލްޑިވްސް ރިސޯޓުގެ ދެ މުވައްޒަފަކު އިއްޔެ އެރަށު ޖެޓީމަތިން ހިނގާފައިދަނީ: ފޮޓޯ: އީޓީ

އަތަމާ މެރިން އިންޓަނޭޝަނަލަށް ސަރުކާރުން ދޫކޮށްފައި އޮތް ކިހާދުއްފަރު ރިސޯޓް މިހާރު ހިންގަމުން އަންނަ އެމްއެޗް ލޫލޫ ނަމަކަށް ކިޔާ ބޭރު ކުންފުނި އެ ރިސޯޓުން ފޭބުމަށާއި އެ ތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) އެ ތަނުގެ އަސްލު ވެރި ފަރާތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އަތަމާ މެރިން އިންޓަނޭޝަނަލް އިން ކުރި ދައުވާގައި ވަނީ އެމް ލޫލޫއާ އެކު މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެކުންފުނިން ސޮއިކޮށްފައިވާ ސަބްލީސް އެގްރީމެންޓުގެ ދެ މާއްދާއަކާ އެމް ލޫލޫ އިން ޚިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން އެގްރީމެންޓުގައިވާ ގޮތުގެމަތިން އެ ރިސޯޓު ހުސްކޮށް އެކުންފުންޏާ ހަވާލުކުރުމަށް އެމް ލޫލޫއަށް މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ނޯޓިސް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް އެ ނޯޓިސްއަށް އެމް ލޫލޫ އިން އަމަލުކޮށްފައިނުވާ ކަމަށް އެ ދައުވާގައިވެ އެވެ.

އެ އެންގުމާ އެއްގޮތަށް އަމަލު ނުކުރުމުން އެ މައްސަލަ އަތަމާ ކުންފުނިން ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކުރީ 10 ދުވަސް ތެރޭގައި އެމްއެޗް ކުންފުނި އެ ރިސޯޓުން ފައިބައި، އެތަން އަތަމާ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ތަނުގައި މި ވަގުތު ހުރި ތަކެތީގެ ތެރެއިން އެމްއެޗް ކުންފުނީގެ އެއްޗެހި ފިޔަވައި އިތުރު އެއްޗެއް އެ ރިސޯޓުން ބޭރަށް ނުގެންދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެތަނުގެ ކުއްޔާއި، ގަވާއިދުން ކުލި ނުދެއްކުމުން ލިބުނު ގެއްލުމާއި އަރާފައިވާ ޖޫރިމަނާއާ އެކު 1.4 މިލިއަން ޑޮލަރު ދެ މަސް ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.

އަދި އެ ފައިސާ އަތަމާ މެރިން އިންޓަނޭޝަނަލް އަށް ދެއްކުމުގެ ގޮތުން ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވަނީ އެ ހުކުމްގައި ވަނީ އަންގައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.