ވީޑިއޯ: މާޅޮހުން ބޯފެނުގެ މައްސަލައަށް ހައްލެއް ހޯދުން

މަތީގައި އެވާ ވީޑިޢޯ އަކީ ބ. މާޅޮހު ރައްޔިތުންނަށް ޖެހިފައިވާ ބޯފެނުގެ ދަތިކަން ހައްލު ކުރުމަށް އެރަށު ޖަމިއްޔާ އަކުން ކޮށްފައިވާ މަސައްކަތާ ބެހޭ ގޮތުން ޔޫއެންޑީޕީން ހަދާފައިވާ ވީޑިއޯ އެކެވެ. ޔޫއެންޑިޕީން ބުނި ގޮތުގައި މިއީ ފެނުގެ މައްސަލއަށް ރާއްޖޭގައިވެސް އެފަދަ ދެވަނަ މިސާލެއް ނުވާފަދަ ހައްލެކެވެ.

މާޅޮސް އެވެއަރނަސް އެންޑް ރިކްރިއޭޝަން ސޮސައިޓީ ނުވަތަ “މާސް” ޖަމިއްޔާއިން ރަށުކައުންސިލާ ގުޅިގެން ރައްޔިތުންނަށް ޖެހިފައިވާ ފެނުގެ މައްސަލައަށް ހައްލު ހޯދާފައިވަނީ އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް (އައި.ޑަބްލިޔު.އާރު.އެމް) ނަމަކަށް ކިޔާ ސިސްޓަމް އެއް ގާއިމް ކޮށް ކަނޑުގެ ލޮނުގެ ފެނާއި ވާރޭ ފެން ބޭނުންކޮށްގެން ސާފު ބޯފެން ތައްޔާރުކޮށްގެންނެވެ.

މި ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގައި ފެނުގެ ދަތިކަމަށް ހައްލު ހޯދާދިނުމަށް ރަށަކުން ހާއްސަކޮށް ޖަމިއްޔާއަކުން އިސްނަގައިގެން ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދިޔަ ފުރަތަމަ ޕްރޮޖެކްޓް ކަމަށް ޔޫއުންޑިޕީން ބުނެއެވެ.

ބ. މާޅޮހު ކުޑަ އަންހެން ކުއްޖަކު ފޮޓޯ ނަގާއިރު ބަލަހައްޓައިގެން- ފޮޓޯ / ޔޫއެންޑީޕީ
ބ. މާޅޮހު ކުޑަ އަންހެން ކުއްޖަކު ފޮޓޯ ނަގާއިރު ބަލަހައްޓައިގެން- ފޮޓޯ / ޔޫއެންޑީޕީ

ޓުއަރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ޔޫ.އެންޑީ.ޕީ އާއި ޓުއަރިޒަމް މިނިސްޓްރީގެ ކުޑަ އެހީއަކާ އެކު ފެށުނު މި ޕްރޮޖެކްޓް އިން މިހާރު މާޅޮހުގެ ރައްޔިތުންގެ އިތުރުން ވިޔަފާރިވެރިންގެ މަސައްކަތްތަކަށް (ގެސްޓް ހައުސް ފަދަ) ބޭނުންވާ މިންވަރަށް ސާފު ބޯފެން ދަނީ ފޯރުކޮށްދެމުންނެވެ.

ފޮޓޯ އަދި ވީޑިއޯ: ޔޫއެންޑީޕީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.