ސެންޓޭގެ ދެ ލަނޑާ އެކު ނިއު ދެވަނަ ބުރަށް

މާލޭގައި ޔަންގޮން ކޮޅަށް ލަނޑު ޖެހުމަށް ފަހު އުމެއިރު (ކ) އާއި ސެންޓޭ އުފާފާޅުކުރަނީ: މިރޭ ސަންހައި ކޮޅަށް ލަނޑު ޖެހީ ވެސް މި ދެ ކުޅުންތެރިން. --ހަވީރު ފައިލް ފޮޓޯ
މާލޭގައި ޔަންގޮން ކޮޅަށް ލަނޑު ޖެހުމަށް ފަހު އުމެއިރު (ކ) އާއި ސެންޓޭ އުފާފާޅުކުރަނީ: މިރޭ ސަންހައި ކޮޅަށް ލަނޑު ޖެހީ ވެސް މި ދެ ކުޅުންތެރިން. –ހަވީރު ފައިލް ފޮޓޯ

 

ހޮންގކޮންގ ގެ ޝަންހައި އާ ދެކޮޅަށް ރަށުން ބޭރުގައި ނިއުރޭޑިއަންޓް ކުޅުނު މެޗުގައި އޭދަފުއްޓަށް އުފަން ހުނަރުވެރި ފޯވާޑް ޢަލީ ފާސިރު (ސެންޓޭ)ގެ ދެ ލަނޑާ އެކު ނިއުރޭޑިއަންޓް ދެވަނަ ބުރަށް ހިނގައްޖެ އެވެ.

ހޮންގކޮންގ ގެ މޮންކޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިއު ކާމިޔާބު ކުރީ ތިނެއް ސުމަކުން ނެވެ. މި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ސެންޓޭ ކާމިޔާބު ކުރި އިރު، އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ ފައިބެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާފައިވާ މުޙައްމަދު ޢުމައިރު އެވެ.

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނަސް، ނިއު އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމަށް ނުރައްކާ ކޮށްފަ އެވެ. ދެވަނަ ހާފުގެ ފަނަރަ ވަރަކަށް މިނެޓުގައި ސެންޓޭ ލަނޑެއްޖަހާ ނިއު އަށް ލީޑު ނަގައިދިނެވެ. އަދި އޭގެ ދިހަ ވަރަކަށް މިނެޓް ފަހުން އިތުރު ލަނޑެއް ސެންޓޭ ޖަހާ ނިއު އަށް ލީޑު ފުޅާ ކޮއްދިން އިރު، ނިއު އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީ، ދެ ވަނަ ބުރު ޔަގީން ކޮށްދިން ލަނޑު ޢުމައިރު ކާމިޔާބު ކޮށްދިނީ މެޗުގެ އަށްޑިހަ ހަ ވަނަ މިނެޓްގަ އެވެ.

މި މެޗުން މޮޅުވުމާ އެކު ނިއު ވަނީ މީގެ އަށް އަހަރު ކުރިން އޭ އެފް ސީ ކަޕުގައި އެ ޓީމުން ހޯދި ކާމިޔާބީ ނުވަތަ ރެކޯޑް ތަކުރާރު ކޮށްފަ އެވެ.  ދެން އޮތީ އިތުރު މަރުޙަލާ އަކަށް ވާސިލްވެ އައު ރެކޯޑެއް މުގުރާލުމެވެ.

ދެވަނަ ބުރުގައި އެއް ލެގު އޮންނަ އިރު ގްރޫޕް ސްޓޭޖް ނިމޭއިރު އެއްވަނައިގައި އޮންނަ ޓީމަކަށް ދެވަނަ ބުރުގެ ހޯމްއެޑްވާންޓޭޖް ލިބޭ ގޮތަށް ހަމަޖެހިފައިވާ އިރު އެއްވަނަ ކުލަބެއް އިނގޭނީ އަންނަ ހަފުތާގައި ކުޅުމަށް ހަމަޖެހިފައިވާ ގުރޫޕު ސްޓޭޖްގެ ފަހު މެޗަށް ފަހުއެވެ. ޕާސިބޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިއުއިން ނުކުންނަ އިރު ޔަންގޮންގެ އަމިއްލަ ދަނޑުގައި އެކުލަބު ނުކުންނާނީ ސަންހައިއާ ދެކޮޅަށެވެ.

އަނިޔާގެ ސަބަބުން ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަދި ގައުމީ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަނގަޑޭ) ނުލާ ކުޅުނު މި މެޗަށް ފަހު ނިއުރޭޑިއަންޓްގެ ކޯޗު ވެލިޒާ ޕޮޕޯޕް ބުނީ މެޗުގެ ފަހު ވަގުތާއި ޖެހެންދެންވެސް ނިއު އިން މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި ގްރޫޕުގެ އެއްވަނަ ހޯދާ ކުލަބަކަށް ދެވަނަ ބުރު އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށް އޮންނައިރު ނިއުގެ އަމާޒަށް ވާސިލުވުމަށްޓަކައި އިތުރު ހިތްވަރެއް ލާންޖެހޭ ކަމަށެވެ.

ނިއުރޭޑިއަންޓުން މި ހޯދި ކާމިޔާބީއަށް ޚާއްސަކޮށް އޭދަފުއްޓަށް އުފަން ހުނަރުވެރި ފޯވާޑު ޢަލީ ފާސިރު (ސެންޓޭ) ނިއު އަށާއި ރާއްޖެއަށް ހޯދާ ދެމުން އަންނަ ކާމިޔާބީ އަށް އީޓީގެ ފަރާތުން މަރުޙަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.