ދަލެއްގައި ޖެހުނު ވެލައެއް ކެންދޫ ކައުންސިލުގެ ރައީސް ސަލާމަތްކޮށްދީފި

ދަލުގައި ތާށިވެފައި އޮތް ވެލާ ސަލާމަތް ކުރަނީ-
ދަލުގައި ތާށިވެފައި އޮތް ވެލާ ސަލާމަތް ކުރަނީ-

ބ. އަތޮޅު ކެޔޮދުއްފަރު ކައިރިން މަސް ހިފާ ދަލެއްގައި ޖެހިފައި އޮތް ވެލައެއް މިއަތޮޅު ކައުންސިލެެއްގެ ރައީސް ސަލާމަތްކޮށްދީފި އެވެ.

ބޮޑު ދަލެއްގެ ތެރޭގައި ތާށިވި ވެލާ ސަލާމަތް ކުރުމުގެ ނަސީބު ލިބުނީ ކެންދޫ ކައުންސިލުގެ ރައީސް އަބްދުލްޣައްފާރު ޤާސިމް އަށާއި އޭނާގެ ޓީމަށެވެ.

ކެންދޫ ބަނދަަރު މަތީގައި ޖަހާ ގަސް ހޯދުމަށް ރަށަކަށް ދަތުރު ދިޔަ މަގުމަތީގައި ފެނުނު މަންޒަރާއެކު އެ މީހުން އަވަސްވެގަތީ ދަލުގައި ޖެހިފައި އޮތް ވެލާ ސަލާމަތް ކުރުމަށެވެ. ވެލާ ދަލުގައި ޖެހިފައި އޮއްވައި ފެނުނީ މިއަތޮޅު ކެޔޮދުއްފަރަރު ކައިރިންނެވެ..

ދާގަނޑު ކޮށާލުމަށް ފަހު ކަނޑަށް ދޫކޮށްލުމާ އެކު އެސޮރު ބާރުބާރަށް ފީނައިގަނެ ނޫކަނޑުގެ ފުނަށް ގޮސް ގެއްލެ އެވެ. މި ވީޑިއޯ އަޕްލޯޑްކޮށްފައި ވަނީ ކެންދޫ ކައުންސިލުގެ ފޭސްބުކް ޕޭޖްގަ އެވެ.

އަބްދުލްޣައްފާރު ވިދާޅުވި ގޮތުގައި މި ވީޑިއޯ ފޭސްބުކު ޕޭޖުގައި އާއްމުކުރުމުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އެޅޭ ބާރަކަށްވާނެ އެވެ.

ކަނޑަށް ދޫކޮށްލާފައި ހުންނަ ދާތަކުގައި ޖެހި ސަލާމަތް ނުވެވި ތިއްބާ ވަރަށް ގިނަ ވެލާ ފެނެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ވެލާ ސަލާމަތްކޮށްފައި އެބަހުއްޓެވެ. މިފަދަ ވެލާތައް ސަލާމަތްކުރާ ވީޑިއޯތައް އާއްމުވެ އެކަމުގެ ސަމާލުކަން ބޭރުގެ މީޑިއާތަކަށްވެސް ލިބިފައިވެ އެވެ.

މިދިޔަ އަހަރު ފަހުކޮޅު އޭދަފުށީ ވެލާ ސިޓީ ގްރޫޕުންވެސް ވަނީ، ކަންވާރެއް އޮޅިގެން މިއަތޮޅު ހުޅުދޫ ތޮށިމަތީގައި ތާށިވެފަިއ އޮތް ވެލައެއް ސަލާމަތް ކޮށްފަ އެވެ. އަދި އިހަށް ދުވަހު ސޮނެވާފުށީ ރިސޯޓުންވެސް ވަނީ މިގޮތަށް ދަލެއްގައި ތާށިވެފައި އޮތް ވެލައެއް ސަލާމަތް ކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.