ފޭލިން ޕޭސްޓްރީ ކޯހެއް ފަށަނީ

ފޭލިން ހިންގި ކޭކު ކޯހުގެ ތެރެއިން. ޕޭސްޓްރީ ކޯހެއް ވެސް ފެށުމަށް އެ ޖަމިއްޔާއިން ދަނީ ތައްޔާރުވަމުން
ފޭލިން ހިންގި ކޭކު ކޯހުގެ ތެރެއިން. ޕޭސްޓްރީ ކޯހެއް ވެސް ފެށުމަށް އެ ޖަމިއްޔާއިން ދަނީ ތައްޔާރުވަމުން

އޭދަފުށީ ފޭލި ޖަމިއްޔާއިން ޕޭސްޓްރީ ކޯހެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އައިމި ސީ ޕޭސްޓްރީ އާއި ފޭލި ޖަމިއްޔާ ގުޅިގެން ބޭސިކް ޕޭސްޓްރީ ކޯހެއް އޭދަފުށީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފަށާ އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ

އައިމި ސީ ޕޭސްޓްރީން ހިންގި ކޯހެއްގައި ބައިވެރިން ތައްޔާރުކުރި ބައެއް ތަކެތި
އައިމި ސީ ޕޭސްޓްރީން ހިންގި ކޯހެއްގައި ބައިވެރިން ތައްޔާރުކުރި ބައެއް ތަކެތި

.
ފޭލިން ބުނި ގޮތުގައި މި ކޯހުގައި ކިޔަވައިދޭނީ މާލެ އާއި އެކި ރަށްރަށުގައި މިފަދަ ކޯސްތައް ހިންގާ އަދި މިކަމުގެ ތަޖުރިބާހުރި ފަރާތެކެވެ. މި ކޯހުގެ ފީއަކީ -/2000ރ އެވެ.

މި ކޯހުގައި ޕޭސްޓްރީގެ ތަފާތު ވައްތަރުގެ ފުއްގަނޑު ހަދަން ދަސްކޮށްދިނުމުގެ އިތުރުން ފަސޭހައިން ވިސްނޭ ގޮތަށް ރެސިޕީ މިންތަކާއެކު ބައިވެރިންނަށް ފޯރުކޮށް ދެވޭނެ ކަމަށް ފޭލިން ބުންޏެވެ.

“މި ކޯހުގައި ތަފާތު 20 ވައްތަރުގެ އައިޓަމުތައް ހިމެނޭ، މި ކޯހުގައިވެސް ބޭނުންވާ ތަކެތި އަޅުގަނޑުމެން ހިލޭ ފޯރުކޮށްދޭނަން. އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ގޭގައި ތިބެގެން ނަފާ ހޯދަން ބޭނުންވާ މީހުންނަށް ވީހާވެސް ކައިރިން މިފަދަ ތަމްރީން ޕްރޮގްރާމްތަށް ހިންގުން،” މުހައްމަދު ރަޝިދު ވިދާޅުވި އެވެ.

ޕޭސްޓްރީ ކޯހެއް ފަށަން ފޭލިން ތައްޔާރުވަމުން އަންނަ އިރު މިދިޔަ ހަފްތާ އެ ޖަމިއްޔާއިން ވަނީ އޭދަފުށީގައި ކޭކު ޑެކަރޭޝަން ކޯހެއްވެސް ހިންގައިފަ އެވެ. ފޭލިން އަންނަނީ ތަފާތު އެކި ދާއިރާތަކުން ފަންނީ މީހުން ބިނާ ކުރުމަށް މިފަދަ ތަފާތު ކޯސްތައް ހިންގަމުންނެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 9631111، 7977087, 7991220 ނަންބަރަށް ގުޅައިގެން ނަންނޯޓް ކުރުމަށް ފޭލިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.