އެމްއޭޑީޕީގެ ބ. އަތޮޅު ކޯޑިނޭޓަރަކަށް މުހައްމަދު ރަޝީދު

މުހައްމަދު ރަޝީދު
މުހައްމަދު ރަޝީދު

ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނާއި ފަރާތްތަކަށް އެހީ އާއި އެއްބާރުލުން ފޯރުކޮށްދީ އެމީހުންގެ ކެމްޕެއިންތަކުގައި މަސައްކަތް ކުރާ މޯލްޑިވްސް އެސޯސިއޭޝަންސް ފޯ ޕިޒިކަލް ޑިސްއެބިލިޓީސް (އެމްއޭޕީޑީ)ގެ ބ. އަތޮޅުގެ ކޯޑިނޭޓަރަކަށް އޭދަފުށީ، ސައްކެޔޮގޭ މުހައްމަދު ރަޝީދު ހަމަޖައްސައިފި އެވެ.

އެމްއޭޕީޑީގެ ފޭސްބުކް ޕޭޖުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއަދުން ފެށިގެން އެ ޖަމިއްޔާއިން ބ. އަތޮޅާ ގުޅޭ އެންމެހާ ކަންކަމުގައި އެޖަމިއްޔާ ތަމްސީލުކުރެއްވުމަށް އިސްވެ ހަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ފޭލި ޖަމިއްޔާގެ ނައިބް ރައީސް މުހައްމަދު ރަޝީދު ހަމަޖައްސާފައިވާ ކަމަށެވެ.

“ވީމާ، ބ. އަތޮޅުން ނުކުޅެދުންތެރިކަމާ ގުޅޭ އެންމެހައި ކަންކަމުގައި މުހައްމަދު ރަޝިދު، ފޯން 9631111 އާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ،” ޕޯސްޓްގައި ބުނެފައިވެ އެވެ.

މިހާރުވެސް ބ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުންގެންދަވާ މުހައްމަދު ރަޝީދު ވަނީ އިކޮނަމިކްސްއާއި ސޯސިއޮލޮޖީގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފަ އެވެ.

” އެމްއޭޕީޑީން މިއަތޮޅުގައި ހިންގާ ހުރިހާ ކަމެއްގައިވެސް އަޅުގަޑު ފުރިހަމައަށް ބައިވެރިވާނަން، އިޖްތިމާއީ މަސައްކަތްތަކަކީ އަޅުގަޑު ވަރަށް ކުރާހިތުން ކުރާ މަސައްކަތެއް، އެހެންވެ އަޅުގަނޑު އިޖްތިމާއީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމަށް ނިންމީވެސް. އަދި އެމްއޭޕީޑީ ފަދަ މާތް މަސައްކަތެއް ކުރާ ޖަމިއްޔާއެއް ރިޕްރެޒެންޓް ކުރަން ލިބުމަކީ ވަރަށްބޮޑު ޝަރަފެއް ކަމުގައި ދެކެނީ،” މިހާރުވެސް ފޭލި ޖަމިއްޔާގެ ނައިބް ރައީސްގެ ހައިސިއްޔަތުން ހިލޭސާބަހަށް ބުރަ މަސައްކަތެއް ކުރައްވަމުން ގެންދަވާ މުހައްމަދު ރަޝީދު ބުންޔެވެ.

އެމްއޭޕީޑީ އަންނަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ކޮށްގެން އެކިކަހަލަ ހުނަރުތައް ދަސްކޮށްދިނުމުގެ ކޯސްތައްވެސް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.