ބީއެމްއެލް އިސްލާމިކް އިން ގެދޮރު އިމާރާތްކުރަން ހާއްސަ ސްކީމެއް

ބީއެމްއެލް އިސްލާމިކް ބޭންކްގެ ޑައިރެކްޓަރު އައިޝަތު މަނިކެ އާއި ޒުލްގަރްނައިން ތަމަން ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ / ބީއެމްއެލް
ބީއެމްއެލް އިސްލާމިކް ބޭންކްގެ ޑައިރެކްޓަރު އައިޝަތު މަނިކެ އާއި ޒުލްގަރްނައިން ތަމަން ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ / ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު އިމާރަތްކުރާ މީހުންނަށް ޚާއްސަ އިސްލާމިކް ސްކީމެއް ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިސްލާމިކް އިން ތައާރަފް ކުރި މި ސްކީމްގެ ދަށުން ގެދޮރު އިމާރަތްކުރުމުގައި ދަތިކަން ލިބިފައިތިބި ފަރާތްތަކުގެ ޕްރޮޖެކްޓުގެ %80 ބޭންކުގެ ޚަރަދާއެކު ނިންމައިދެވޭނެ އެވެ.

ބީއެމްއެލް އިސްލާމިކްގެ ޑައިރެކްޓަރު ޒުލްގަރުނައިން ތަމަން ވިދާޅުވެފައިވަނީ މި ސްކީމާއެކު ގެދޮރު ހަދަން ފައިސާ ނެތް މީހުންނަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި ސްކީމްގެ ދަށުން ބޭންކުން ގެދޮރު ހަދައިދިނުމުން އަނބުރާ ބޭންކަށް ފައިސާ ދައްކަން 20 އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ. އަދި ފައިސާ ދައްކާއިރު ޕްރޮފިޓް ރޭޓުގެ ގޮތުގައި 9.5 ނުވަތަ %10.5 އިތުރަށް ކަސްޓަމަރުން ދައްކަން ޖެހޭނެ އެވެ.

ބީއެމްއެލްގެ އިސްލާމިކް ބޭނުންކުން ހިދުމަތް ހޯދަނީ. ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އިސްލާމިކް ބޭނުންކުން ހިދުމަތް ހޯދަނީ. ފޮޓޯ: ބީއެމްއެލް

ފުޅާ ދާއިރާއެއްގައި އިސްލާމިކް ބޭންކިންގގެ ޚިދުމަތް ބީއެމްއެލް އިން ކަސްޓަމަރުންނަށް ފޯރު ކޮށްދެމުންދާއިރު މިސްކީމުގެ ދަށުން ވަރަށް ގިނަ ބަޔަކަށް ގެދޮރު އިމާރާތްކުރުމާއި އާބާތުރަފިލުވުމަށް މަންފާ ކުރާނެއެވެ.

ބީއެމްއެލް އިސްލާމިކްގެ އިތުރު ޚިދުމަތްތަކަށް ބަލާއިރު ‘ވަދީޢާ’ ގެ ނަމުގައި އެކި ފަރާތްތަކަށް އެކައުންޓު ހުޅުވައިދެއެވެ. އަދި ‘ބީއެމްއެލް އިސްލާމިކް ވިސާ ޑެބިޓް ކާޑު’ ގެ ނަމުގައި ކޭޝް ކާޑެއްވެސް ކަސްޓަމަރުންނަށް ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.