
އޭދަފުށީގައި މޫދަށް ޕްލާސްޓިކް ކޮތަޅު ތަކާއެކު ކުނި އުކާލާ މަންޒަރު ފެނި އެކަމާ ކޮންބޮޑުވެގެން، މީހަކު ފޮޓޯ ނަގައި، ސޯސަލު މީޑިގައި އާއްމުކުރުމާއެކު ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ވަނީ އައިސްފަ އެވެ.
“އީޓީ”ން ބެލި ބެލުމުން ގޭ ބިސީތަކުގެ ބަދިގެތަކުން ނެރޭ ބާކީވާ ކާބޯތަކެތި ޕްލާސްޓިކް ކޮތަޅުތަކާއެކު އެގޮތަށް މޫދަށް އެޅުމަކީ އާއްމު ކަމެކެވެ. މިގޮތަށް އެތަކެތި އުކާލާއިރު ދަޅު ފުޅިފަދަ ތަކެތި ވަކި ނުކޮށް ބަދިގެތަކުންނެރޭ ތަކެއްޗާއެކު އުކާލާކަންވެސް ވަނީ ފާހަގަ ކުރެވިފަ އެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ ގޮނޑުދޮށް މިހާރު އޮތީ ކުނި ބުނިން ތަޣައްޔަރުވެފަ އެވެ.
އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ބުނި ގޮތުގައި މިއީ ސީރިޔަސް މައްސަލައެކެވެ.
“މިއީ އާދައިގެ ކަންކަމެއް ނޫން. އޭދަފުށީ ކަހަލަ ރަށެއްގައި ސަރުކާރުން އެހާ ރަނގަޅަށް ކަންތައްތައް ކުރާއިރު އެހާ ނުކިއްސަރުގޮތަކަށް އެކަންތައްތައް ކުރަމުން ގެންދާތީ ކަންބޮޑުވޭ،” އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް “އީޓީ” އަށް ވިދާޅުވި އެވެ.
ނައީމު ވިދާޅުވީ އޭދަފުއްޓަކީ ބ. އަތޮޅުގެ ބަޔޮސްފިއާގެ ވެރިރަށް ކަމަށްވާއިރު މިރަށުން ނަމޫނާ ދެއްކެން ޖެހޭނެ ކަމަށެވެ.
“މިހާރު މިކަހަލަ ކަންތައްތައް މި ފެންނަނީ. އޭދަފުއްޓަކީ ކުރިން ވަރަށް ރަގަޅު ލީޑަ ޝިޕެއް އޮތް ނަމޫނާ ރަށެއް،”
ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމްކޮށް، ކޮންމެ ގެއަކުން 100 ރުފިޔާގެ ފީއެއް ނެގުމަށްފަހު، މިގޮތަށް މޫދަށް ކުނި އަޅާނީ ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ކައުންސިލަށްވަނީ އަމާޒުކޮށްފަ އެވެ. އަދި މިކަމާ ގުޅިގެން ކައުންސިލުން ޖަވާބުދާރީވެފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަންވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކަކީ ހަގީގަތެއް ނޫން ކަމަށާއި އެކަން އެގޮތަށް ކޮށްފައިވަނީ ޒާތީ މައްސަލައަކާ ގުޅިގެން ކަމަށް ކައުންސިލުގެ މެންބަރު ރިޒާ ވަނީ ވިދާޅުވެފަ އެވެ.
“ކޮން ރަށެއްގައިތޯ މޫދަށް ޕްލާސްޓިކް ކޮތަޅު ނާޅަނީ؟ ޕްލާސްޓިކް ކޮތަޅު މޫދަށް އަޅަން ބޭނުންނުވާ ނަމަ ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެނުކުރަންވީ ނޫންތޯ؟” ރިޒާ ވިދާޅުވި ކަމަށް ވީ ނިއުސްގަިއ ރިޕޯޓްކޮށްފައިވެ އެވެ.
ރިޒާ ވިދާޅުވި ގޮތުގައި މިކަމަށް ބޭނުންވާ ފަންނީ މުވައްޒަފުންނާއި ރަގަޅު އާލާތްތައް ލިބިގެން ނޫނީ މިކަމަށް ހައްލެއް ނުލިބޭނެ އެވެ.
ރިޒާ މިގޮތަށް ވިދަޅުވި އިރު، މިކަމަށް ބޭނުންވާ މުވައްޒަފުންވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުންވެސް ތަމްރީންކޮށްދީފަ އެވެ. އަދި އިތުރަށް މުވައްޒަފުން ތަމްރީނު ކުރަން ބޭނުންވާނަމަ، ކަމާބެހޭ ފަރާތްތަކުން އެކަން ކޮށްދޭން ތައްޔާރަށް އޮތް ކަމަށް އޭދަފުށި ކައުންސިލަށް ތަކުރާރުކޮށް ދަންނަވާފައިވާކަން ވެސް އެނގިފައިވެ އެވެ. އަދި ކުނި މެނޭޖުކުރުމުގައި މުޅި ރާއްޖެއަށްވެސް ނަމޫނާ ދައްކަމުން އަންނަ މިރަށާ ކައިރީގައި އޮތް މާޅޮހު ކައުންސިލުންވެސް މިކަމަށް މީހުން ތަމްރީން ކޮށްދޭން އޮތީ ތައްޔާރަށެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި މިގޮތަށް މިކަން މި ކުރަނީ ކުރިން ރައްޔިތުންނާ މައުލޫމާތުދިން ގޮތާވެސް ޚިލާފަށެވެ. ކައުންސިލުން ކުރިން ބުނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމުކޮށް ކުނި ނައްތާލާއިރު ބަނދިގެތަކުން ނެރޭ ބާކީވާތަކެތި ބޭނުންކުރާނީ ކާދު ހެދުމަށް ކަމަށެވެ.
ތިމާވެއްޓާބެހޭ ގާނޫނުގެ ދަށުން މިގޮތަށް މޫދަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. މިގާނޫނާ ހިލާފުވާ ފަރާތްތަކުން މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 100 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް ގާނޫނުގައި ވެއެވެ. އެކަމަކު މިކަންކަމަށް ފިޔަވަޅު އެޅެނީ ވަރަށް މަދު ފަހަރަކު އެވެ.
Kudeymen Kahala thandhoru nudhanna meehun thikahala magaamthakuga hureemaa raajjeyge emmen kurimathee rashuge agu vetti ziyaan jeelu halaakuvedhaane. Ladhukobaatho.
Thedheh thividhaalhuvee
ފުރަތަމަ އެވާ ފޮޓޯ އަކީ ވަރަށް ކުރީގެ ފޮޓޯއެއް، އޭދަފުށީ އަތިރިމަތީގައި އެކާލާ އެއްވެސް އެއްޗެއް ނޯންނާނެ، އެކަމަކު މާކުރީގެ ފޮޓޯތަކެއް ލައިގެން މިގޮތަށް ޙަބަރު ތައް ލިޔެ ސާއިރުކުރިއަސް އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނެތް.