އޭދަފުށީގައި އިންޓަނޭޝަނަލް ޕްރީ ސްކޫލެއް ގާއިމު ކުރަނީ

އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް ނައިފަރުގެ ދަރިވަރުން ތަކެއް -- ފޮޓޯ: އިގްރާ
އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް ނައިފަރުގެ ދަރިވަރުން ތަކެއް — ފޮޓޯ: އިގްރާ

ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލު އިންޓަނޭޝަނަލް ފެންވަރުގެ ޕްރީ ސްކޫލަކަށް ބަދަލުކޮށް، ޕްރީ ސްކޫލުގެ ހިދުމަތްދިނުމުގެ ތައްޔާރީތަައް ވާން ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވި ގޮތުގައި އެ ހިދުމަތް ދިނުމަށް ބައިނަލް އަގްވާމީ ފެންވަރުގައި ތަރުހީބު ލިބިފައިވާ އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

އެގޮތުން މިކަމާ ގުޅިގެން ބެލެނިވެރިންނާއި ޓީޗަރުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ބައްދަލުވުމެއް މާދަމާ ހަވީރު 4:30 މަލްޓިޕާޕަސް ހޯލުގައި ބޭއްވުމަށް ހަަމަޖެހިފައިވާ ކަމަށް ނައުރީފު ވިދާޅުވި އެވެ.

“މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް އެ ބައްދަލުވުމުގައި ހާމަނ ކުރާނެ

އިގްރާގެ ކަރިކިއުލަމަށް ޕްރީސްކޫލް ހިންގާ ފަރާތްތަކާއި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަނީ ފްރެންޗައިސް އުސޫލުންނެވެ. އެ ކަރިކިއުލަމަށް ސްކޫލް ބަދަލުކުރުމުން ޓީޗަރުން ތަމްރީން ކުރުމާއި، ކްލާސްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމާއި ކުދިންނަށް ބޭނުންވާ ފޮތްތަކާއި ވޯކް ބުކްތަކާއި އެހެނިހެން ސާމާނު އިގްރާއިން ފޯރުކޮށްދެ އެވެ.

“އިގްރާ” ކަރިކިއުލަމަކީ ރާއްޖޭގެ ގިނަ ޕްރީސްކޫލްތަކުގައި މިހާރު ކިޔަވައިދޭ ކަރިކިއުލަމަށްވުރެ ސްޓެންޑަޑް މަތި ކަރިކިއުލަމެކެވެ. އިސްލާމް ދީނުގެ އިލްމު ކިޔަވައިދިނުމާ އެކު، ދިވެހި އިނގިރޭސި، ހިސާބު އަދި ސައިންސް ފަދަ މާއްދާތައް ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް، ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު އެކުލަވާލާފައިވާ ކަރިކިއުލަމެކެވެ.

އޭދަފުށީގައި އިންޓަނޭޝަނަލް ލެވެލްގެ ޕްރީ ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މީގެ އަހަރުތަކެއް ކުރިން ވިލާ ކޮލެޖުންވެސް މިރަށުގައި އިންޓަނޭޝަނަލް ޕްރީ ސްކޫލެއް ހިންގަން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.