ވަފާ ޖަމިއްޔާގެ ޗެއާމަން އަކަށް އަންވަރު

ައަހްމަދު އަންވަރު

ބ. އޭދަފުށީ ޖަމިއްޔަތުލް ވަފާ ގެ މި ދައުރުގެ ޗެއާމަން އަކަށް އަހްމަދު އަންވަރު، އަދި ވައިސް ޗެއާމަން އަކަށް އަހުމަދު ވާފިރުއާއި އަބްދުލްޣަނީ ޔޫސުފް އިންތިހާބުކޮށްފި އެވެ.

ވަފާ ޖަމިއްޔާގެ އެންމެ އިސް މަގާމަށް އަހުމަދު އަންވަރު އިންތިހާބުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުރިއަށް ދެ އަގަރަށް ހިންގާ ކޮމިޓީ އެކުލަވާލުމަށް ބޭއްވި ބައްދަލުވުމުގަ އެވެ.

އަންވަރު އަކީ ޖަމިއްޔަތުލް ވަފާގެ އެއް މުއައްސިސްގެ އިތުރުން އެންމެ ގިނަ ދުވަހު އެ ޖަމިއްޔާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ އެއް ބޭފުޅާއެވެ.

ވަފާ ޖަމިއްޔާގެ ކުރިއަށް އޮތް ދައުރަށް އިންތިހާބުކުރި ބޭފުޅުން:

  • ޗެއާމަން: އަހްމަދު އަންވަރު
  • ވައިސް ޗެއާމަން: އަހުމަދު ވާފިރު
  • ވައިސް ޗެއާމަން: އަބްދުލްޣަނީ ޔޫސުފް
  • ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން: ސިރާޖް އާދަމް
  • އެޑްމިނިސްޓްރޭޓަރ: މޫސާ ނަސީރު
  • ރެޖިސްޓަރ: މުހައްމަދު ރަޝީދު
  • ބަޖެޓް ކޮންޓްރޯލަރ: މުހައްމަދު ލަތީފު
  • ސްޕޯޓްސް މެނޭޖަރ: އަހްމަދު ނިޒާރު
  • ލީގަލް އޮފިސަރ: ހަނާ އަބްދުލް ހާރިސް
  • ޕަބްލިކް ރިލޭޭޝަން އޮފިސަރ: ޝަމްއޫން މުހައްމަދު
  • ޕްރޮޖެކްޓް މެނޭޖަރ: އިބްރާހީމް ރަޝީދު
  • ވުމަންސް ޑިވެލޮޕްމަންޓް އޮފިސަރ: ފާތުމަތު އަބްދުއްރަހްމާން
  • ޔޫތު ޑިވެލޮޕްމަންޓް އޮފިސަރ: މަރްޔަމް ސައީދާ
  • މެއިންޓަނަންސް އޮފިސަރ: އަބޫބަކުރު ހަސަން

1972ގެ ކުރީކޮޅު އުފެއްދި ވަފާ ޖަމްއިއްޔާވަނީ އޭދަފުށީގެ ތަރައްޤީގައި ބޮޑު ހިއްސާއެއްވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.