ކައުންސިލްގެ ދެވަނަ ގުރުއާން މުބާރާތް ފަށައިފި

    ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ. އޭދަފުށީ ކައުންސިލުންދަނީ ގުރުއާން މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން-
ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ. –

ބ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ގުރުއާން މުބާރާތް ރޭ ހިތާދޫ ސްކޫލުގައި ފަށައިފި އެވެ.

ގައުމީ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން އަތޮޅުގެ ހުރިހާ ސްކޫލްތަކަށާއި އަމިއްލަ ގުރުއާން ކްލާސްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 47 ކުދިން ބައިވެރިވެފައި ވެ އެވެ. އެއީ ތުޅާދޫ ސްކޫލުން 11 ދަރިވަރުންނާއި، ހިތާދޫ ސްކޫލުން 10 ދަރިވަރުންނާއި، ބ. އަތޮޅު ތައުލީމީ މަރުކަޒުންނާއި ކަމަދޫ ސްކޫލުން 3 ދަރިވަރުންނާއި، ދަރަވަންދޫ ސްކޫލުން 2 ދަރިވަރުންނާއި ކެންދޫ، ތުޅާދޫ ހިތާދޫ އަދި ދަރަވަންދޫގައި ހިންގާ އަމިއްލަ ގުރުއާން ކުލާސްތަކުން ބައިވެރިވި 18 ކުދިންނެވެ. މި މުބާރާތުގެ ކިޔެވުން މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި މުބާރާތަކީ މާލޭގައި ބާއްވާ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތަށް ބ. އަތޮޅުން ބައިވެރިވާ ކުދިން ހޮވުމަށްޓަކައި ބާއްވާ މުބާރާތެކެވެ. ކޮންމެ އަތޮޅަކުން 15 ބައިވެރިން ވާދަކުރާ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 30 ވާ ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ކުދިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 7 ޖޫން ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.