މަސްވެރިންނަށް ލުއިފަސޭހަކޮށް އައިސް ލިބޭނެ ގޮތް ހެދުމުގެ ގޮތުން ބ. ހިތާދޫގައި އައިސް ޕްލާންޓެއް ބަހައްޓަން ނިންމައިފި އެވެ.
ހިތާދޫގައި އައިސް ޕްލާންޓެއް ބެހެއްޓުމުގެ އެއްބަސް ވުމުގައި ޖޭޒް ޕްރައިވެޓް ލިމިޓެޑާއި ހިތާދޫ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
ޖޭޒް ޕްރައިވެޓު ލިމިޓެޑްގެ ފަރާތުން ބަހައްޓާ މި ޕްލާންޓުގެ ޚިދުމަތް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އައިސް ޕްލާންޓު ގާއިމު ކުރުމަށް ބޭނުންވާ ސާމާނު އަންނަ މަހުގެ ތެރޭގައި ހިތާދޫއަށް ގެންނަން ފަށާނެ އެވެ.