މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޭދަފުށީގައި ޓެކްޒޭޝަން ކޯހެއް ފަށަން ނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން ބުނި ގޮތުގައި އެމްކިޔުއޭ އިން އެޕްރޫވް ކޮށްފައިވާ “ސެޓްފިކެޓް 1 އިން ޓެކްސްޒޭޝަން އިން މޯލްޑިވްސް” ކޯސް ހާއްސަކޮށްފައި ވަނީ ޑިގްރީ ލެވެލް 7 ނިންމާފައިތިބި މީހުންނަށް ކަމަށެވެ.
އެގޮތުން ޑިގްރީ ލެވެލް ހަތެއްގެ ސަނަދެއް ހޯދާފައިވާ ކޮންމެ މީހަކަށްވެސް މި ކޯހުގައި ހިލޭ ބައިވެރިވެވޭނެ ކަމަށް މީރާއިން ބުނެއެވެ.
މީރާގެ މި ޕްރޮގްރާމުގައި ބައިވެރިވާން 9177799 ނުވަތަ 1415 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.