ބ. އޭދަފުށީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކުރުން މާދަމާރޭ އޮންނާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
ރަށު ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވާގޮތުން ބައްދަލުވުން އޮންނާނީ މާދަމާރޭ 9:00 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.
މި ބައްދަލުވުމަކީ ރަށު ކައުންސިލުން ބުނި ގޮތުގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި މިއަހަރު ކައުންސިލުން ކުރިއަށްގެންދަން ރާވާފައިވާ ކަންތައްތައް ރައްޔިތުންނާއި ހިއްސާކޮށް، ހިޔާލާ މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ ފަރާތުން ބޭއްވުމަށް ލާޒިމްވާ މި ބައްދަލުވުމުގައި ވީހާ ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް ކައުންސިލްގެ ފަރާތުން އެދިލައްވަ އެވެ.