ދިރާގުގެ އެޗްޕްލަސް ޚިދުމަތް އިތުރު ހަތް ރަށަކަށް

ދިރާގުން އެޗްޕްލަސް ތައާރަފުކުރުމުގެގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން -ފޮޓޯ / ދިރާގު
ދިރާގުން އެޗްޕްލަސް ތައާރަފުކުރުމުގެގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން -ފޮޓޯ / ދިރާގު

ދިރާގުގެ އެޗްއެސްޕީއޭ-ޕްލަސް (އެޗްޕްލަސް) ނެޓްވޯކްގެ ޚިދުމަތް އިތުރު ހަތް ރަށަކަށް މިރޭ ދޭން ފަށާނެކަމަށް ދިރާގުން ބުނެފިއެވެ.

މިރޭ އެޗްޕްލަސް ނެޓްވޯކްގެ ޚިދުމަތް ދޭންފަށާ ރަށް ތަކަކީ ބ. އޭދަފުށި، ސ.ހިތަދޫ، ދ.ކުޑަހުވަދޫ، ހއ.ދިއްދޫ، ޅ.ނައިފަރު އަދި ގދ. ތިނަދޫ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެޗް ޕްލަސްގެ ހިދުމަތް އިތުރު ރަށްތަކަށް ވެސް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށެވެ.

ރާއްޖޭގައި މުވާސަލާތީ ޚިދުމަތް އެންމެ ފުޅާ ކޮށް ދެމުން އަންނަ ދިރާގުން ތައާރަފްކުރި މި ނެޓްވޯކްގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއާއި ހުޅުލެއަށެވެ.

މި ނެޓްވޯކް ބޭނުން ކުރާއިރު މިހާރުގެ ތްރީޖީ ނެޓްވޯކަށްވުރެ 15-20 ޕަސެންޓާއި ދެމެދަށް އިންޓަނެޓް ސްޕީޑް އަވަސް ވެގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މި ނެޓްވޯކަކީ، ފޯޖީ ނެޓްވޯކަށް ދިއުމުގެ ތެރެއިން، ތްރީޖީ ނެޓްވޯކަށް އިތުރު ކުރެވިގެން ދިޔަ ކުރިއެރުމެއް ކަމަށާއި އެގޮތުން މިހާރު ދިރާގު އެޗްޕްލަސް ނެޓްވޯކަކީ 21 އެމްޕީބީއެސް ސަޕޯޓް ކުރާނެ ނެޓްވޯކެއް ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

އެޗްޕްލަސް ނެޓްވޯކު ބޭނުން ކުރަން ވަކި ހާއްސަ ގޮތަކަށް އެޕްލައި ކުރަން ނުޖެހޭނެ އިރު، ނެޓްވޯކް ލިބޭ ސަރަހައްދު ތަކުގައި ތްރީޖީ އޮން ކުރުމުން އެޗްޕްލަސް ނެޓްވޯކަށް އޮޓޯއިން ކަނެޓް ވެއެވެ. އަދި މިހާރު ގެންގުޅޭ އެޕަލް އައިފޯން ފަހެއް، ސެމްސަންގު ގެލެކްސީ ފަހުގެ ފޯނުތަކަށް ވެސްއެޗްޕްލަސް ނެޓްވޯކް ލިބެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. engineer

    ދިރާގު ހާދަ ފަހަތުގައޭ. ވަތަނިއްޔާއިން މިހާރު 4 ޖީ ތައާރަފް ކޮށްފި. ދިރާގު އަދިވެސް ރަނގަޅަށް 3 ޖީ ވެސް ނުދެވޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.