200 އަށްވުރެ ގިނަ ކުދިން ވެކްސިން ޖަހައިފި: އަތޮޅު ހޮސްޕިޓަލު

ހިމަބިހި ނައްތާލުމުގެ ކެންޕޭން ބ. އަތޮޅުގައި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: ހޮސްޕިޓަލް
ހިމަބިހި ނައްތާލުމުގެ ކެންޕޭން ބ. އަތޮޅުގައި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: ހޮސްޕިޓަލް

މީސަލްސް ނުވަތަ ހިމަބިހި ނައްތާލުމަށް މުޅި ރާއްޖޭގައި އިއްޔެ ފެށި ގައުމީ ކެމްޕޭނުގެ ދަށުން އޭދަފުށީން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

އިއްޔެ އަލަށް މި ފެށި ކެމްޕޭނުގައި އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ އެންމެންނަށް ވެކްސިންދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި 8 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މީސަލްސް ހިމެނޭ ވެކްސިންގެ ދެ ޑޯޒު ހަމަނުވާ ކުދިންނަށް ވެކްސިން ދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ސިދުގީ އަބްދުﷲ ވިދާޅުވީ މީސަލްސް ވެކްސިން ދޭން ޖެހޭ 495 މީހުން އޭދަފުށީގައި ތިބިއިރު، އޭގެ ތެރެއިން 237 މީހަކަށް މިއަދުގެ ނިޔަލަށް ވެކްސިން ދީފައިވާ ކަމަށެވެ.

ސިދުގީ ވިދާޅުވި ގޮތުގައި މީސަލްސް ވެކްސިން ދޭން ޖެހޭ 2200 އެއްހާ މީހުން މިއަތޮޅުގައި ތިބިއިރު، އޭގެ ތެރެއިން ބައެއް މީހުން އަތޮޅުން ބޭރުގައި ދިރުއުޅެމުން ގެންދިއުމާއެކު ވެކްސިން ދޭން ޖެހެނީ ފަނަރަ ސަތޭކަ އެއްހާ މީހުނަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެންމެނަށް މި ހަފްތާތެރޭ ވެކްސިން ފުރިހަމަކުރެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.

މިއީ އިންޖެކްޝަނަކުން ދޭ ވެކްސިނެކެވެ. އިންޖެކްޝަން ޖަހާ ސަރަހައްދުގައި ކުޑަކޮށް ތަދުވުމާއި ބައެއް ކުދިން ކުޑަކޮށް ހުންއައުން ސައިޑް އިފެކްޓްސްގައި ހިމެނެ އެވެ.

ހިމަބިއްސަކީ ގައިންގަޔަށް އަރާ، ވަރަށް ހަލުވިކަމާ އެކު ފެތުރޭ ބައްޔެކެވެ. ބަލީގެ ނުރައްކާތަކުގެ ތެރޭގައި ލޮލުގެ ފެނުމާއި ފުއްޕާމެ އާއި ސިކުނޑި އަށް ގެއްލުންވުން ހިމެނެ އެވެ. މިއީ ފުރާނައަށް ވެސް ނުރައްކާވާ ބައްޔެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.