ޑީސީސީ ހިދުމަތް މަސައްކަތް ކުރާ ގޮތް، ބީއެމްއެލްގެ ހެޑް އޮފް ކާޑު ސާވިސަސް އަލީމް މިއަދު ދައްކާލައްވަނީ.-- ފޮޓޯ: ބީއެމްއެލް
ޑީސީސީ ހިދުމަތް މަސައްކަތް ކުރާ ގޮތް، ބީއެމްއެލްގެ ހެޑް އޮފް ކާޑު ސާވިސަސް އަލީމް މިއަދު ދައްކާލައްވަނީ.– ފޮޓޯ: ބީއެމްއެލް

ރާއްޖެ އަންނަ ބިދޭސީންނަށް އެމީހުންގެ އަމިއްލަ ގައުމުގެ ފައިސާއިން ވިޔަފާރިކުރެވޭނެ މުޅިން އާ ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކޮށްފި އެވެ.

ޑައިނަމިކް ކަރަންސީ ކޮންވާޝަން (ޑީސީސީ)ގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ބީއެމްއެލް އިން ބުނީ ޑީސީސީގެ ހިދުމަތަކީ ވިޔަފާރިތަކަށް އެ ބޭންކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރި ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތް ބޭނުންކޮށްގެން ރިސޯޓްތަކަށާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޑޮލަރުގެ ބަދަލުގައި އެމީހުންގެ އަމިއްލަ ގައުމުގެ ފައިސާއިން ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ އަމިއްލަ ގައުމުގެ ފައިސާއިން ވިޔަފާރިކުރުމުން، ފަތުރުވެރިންނާއި އަދި ވަޒީފާއާ ގުޅޭ ކަންކަމުގައި ރާއްޖެ އަންނަ ދަތުރުވެރިންނަށް އެމީހުން ކުރާ ވިޔަފާރިތަކަށް ޖުމްލަ ހޭދަވީ ވަރާއި އިތުރަށް ކުރެވޭ އެހެނިހެން ޗާޖުތަކަށް އަރާ ވަރު އެމީހެއްގެ އަމިއްލަ ގައުމުގެ ފައިސާއިން ވަގުތުން އެނގޭނެ ކަމަށާއި ދިވެހި ވިޔަފާރިތަކަށް ލިބެންޖެހޭ އަދަދު ބޭންކުން ފޯރުކޮށްދޭނީ ދެ ފަރާތުން ކުރިންވެސް އެއްބަސްވެފައިވާ ފައިސާ އަކުން ކަމަށެވެ.

ޑީސީސީގެ ހިދުމަތް ބޭނުންކުރެވޭނީ ވިސާ އަދި މާސްޓަ ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.