އޭދަފުއްޓާއި ނައިފަރު ދިރާގު އޮޕަރޭޝަން ސެންޓަރު ބެލެހެއްޓުމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަނީ

ބ. އޭދަފުށީގައި ހުންނަ ދިރާގު އޮޕަރޭޝަން ސެންޓަރ.–ނިޔަމި ފޮޓޯ

ބ. އޭދަފުށީ ދިރާގު އޮޕަރޭޝަން ސެންޓަރާއި ޅ. ނައިފަރު ދިރާގު މެއިންޓަނަންސް ސެންޓަރު ސާފުކޮށް ބަލަހައްޓައި ސެކިއުރިޓީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ބީލަން ހުށަހެޅުމުގެ ދައުވަތު އެ ކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް މިއަދު ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގު އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ބުނީ މި މަސައްކްތތަކާ ބެހޭ އިތުރު މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 4 ވަނަ ބުރީގައި ހުންނަ ދިރާގުގެ މީޓިންގ ރޫމުގަ އާއި މި ރަށު ދިރާގު އޮޕަރޭޝަން ސެންޓަރުގައި ކަމަށެވެ. އަދި ބީލަން ހުށަހަޅާނެ ތާރީޚަކާއި ގަޑިއެއް ކަނޑައަޅަނީ މި ބައްދަލުވުމުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ މި މަސައްކަތަށް ޝައުގުވެރިވެ، ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ން 26 އާ ދެމެދު ދިރާގުގެ އެޑްމިނިސްޓްރޭޓިވް ސެކަޝަނަށް ގުޅައި ނަން ނޯޓް ކުރެވިދާނެ ކަމަށެވެ. އަދި މި 2 ރަށުގެ ބީލަމާ ބެހޭ ހުރިހާ ކަމެއް މާލެއެކޭ އެއްގޮތަށް ކަނޑައެޅިފައިވާ ތާރީހާއި ގަޑިތަކުގައި އޭދަފުށީ ދިރާގު އޮޕަރޭޝަންސް ސެންޓަރުގައި ވެސް ކުރިއަށް ދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.