ފާލަމުގައި ޗޭނު ޖަހައި ބަންދުކޮށްފި

ބ. އޭދަފުށީ ބޮޑު ފާލަމުގައި ޗޭނު އަޅުވާފައި ފޮޓޯ- ކިޔުންތެރިއެއް
ބ. އޭދަފުށީ ބޮޑު ފާލަމުގައި ޗޭނު އަޅުވާފައި ފޮޓޯ- ކިޔުންތެރިއެއް

ބ. އޭދަފުށީ ރަސްމީ ބޮޑު ފާލަމުން އަރާ ނުފޭބޭ ގޮތަށް ޗޭނު އަޅުވައި ބަންދު ކުރުމުން ބ. އަތޮޅުގެ ރައްޔިތުން ރުޅިގަދަ ވެއްޖެ އެވެ.

ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް އޭދަފުއްޓަކީ އަތޮޅު އެންމެން ބޭނުން ހިފެން ޖެހޭ ރަށަކަށް ވާއިރު އަތޮޅުގެ ރައްޔިތުންގެ ރުހުން ނެތި މިރަށުގެ ބަނދަރު ބޭނުން ނުހިފޭނެ ގޮތަކަށް އެއްވެސް ބަދަލެއް ގެނެވިގެން ނުވާނެ ކަމަށް އަތޮޅުގެ ރައްޔިތުން ބުނެ އެވެ.

“ބޮޑު ފާލަމުގައި އޮތީ ޗޭނު ޖަހާފައި. އެއްވެސް ސިޑިއަކަށް ކައިރި ކުރެވޭކަށް ނެތް. ފަޅުގައި ކައިރި ކުރާނެ ތަނެއްނެތް. މިދެން ކިހާބޮޑު ކަމެއް. މި މީހުންނަށް އަލަށް ފާލަމެއް ލިބިގެން ތޯއްޗެ މިއުޅެނީ” ހިތްހަމަ ނުޖެހިފައި ހުރި މީހަކު ބުންޏެވެ.

އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުން ބުނީ އެމީހުން ބަލި މީހަކަ ގޮވައިގެން މިހާރު އިމަޖެންސީގައި އޭދަފުއްޓަށް ދިއުމުން ފައިބާނެ ތަނެއް ނޯންނަ ކަމަށާއި ބޮޑު ފާލަން އޮންނަނީ ބަންދު ކޮށް ޗެއިން ޖަހާފަކަމަށެވެ.

އޭދަފުށީ ކައުންސިލު މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ ކުރިންވެސް އެ ފާލަމަކީ އާންމު ބޭނުންތަކަށް ބަންދު ކޮށްފައި އޮންނަ ފާލަމެއް ކަމަށާއި ފާލަން ހަމަ އެކަނި ބޭނުން ކުރަނީ ރަސްމީ ބޭނުންތަކަށް ކަމަށެވެ.

“މިހާރު އެފާލަމަށް އެއްވެސް މީހަކު އިޙްތިރާމެއް ނުކުރޭ، ކާޑާއި ސިމެންތިވެސް ފާލަމުން އަރުވަނީ ދުއްވާ އުޅަނދުވެސް އަރުވަނީ އެތައްފަހަރަކު ނަސޭހަތް ދީ އިސްލާހު ނުވީމާ ބަންދު ކުރީ. އިމަޖެންސީގައި އަންނަ ފަރާތްތަކަށް ކައުންސިލަށް ގުޅާލުމުން ފާލަން ހުޅުވާލެވޭނެ” ރިޒާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.