އިންޓަ ސްކޫލް ގުރުއާން މުބާރާތަށް ބ. އަތޮޅުން ކުދިން ހޮވައިފި

އިންޓަ ސްކޫލް ގުރުއާން މުބާރާތަށް ކުދިން ނެގުމަށް ބ. އަތޮޅު މަދަރުސާގައި ބޭއްވި މުބާރާތުގައި ދަރިވަރަކު ކިޔަވަނީ
އިންޓަ ސްކޫލް ގުރުއާން މުބާރާތަށް ކުދިން ނެގުމަށް ބ. އަތޮޅު މަދަރުސާގައި ބޭއްވި މުބާރާތުގައި ދަރިވަރަކު ކިޔަވަނީ

ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން މިއަހަރު އަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވައިފި އެވެ.

މިއަތޮޅުން ސްކޫލުތަކުން މި މުބާރާތަށް ދަރިވަރުން ހޮވީ ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި އޮޑިޝަނެއް ބޭއްވުމަށްފަހު ސްކޫލުތަކުން ހޮވުނު ކުދިންގެ މެދުގައި މިދިޔަ ހަފްތާ ބަންދު މުބާރާތެއް ބޭއްވުމަށްފަހު އެވެ.

އެގޮތުން މިއަތޮޅު ސްކޫލުތަކުން 9 ދަރިވަރަކު މި މުބާރާތުގައި ވާދަކުރާނެ އެވެ. އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިން ކުދިންގެ އިތުރުން ތުޅާދޫ، ކެންދޫ އަދި މާޅޮހު ސްކޫލުން ދެ ދަރިވަރުންނެވެ.

އިންޓަ ސްކޫލް ގުރުއާން މުބާރަތަށް ހޮވުނު ދަރިވަރުން؛

1. ޝަމާއިލް މުހައްމަދު ނަސީރު، ހިޔާ، ހިތާދޫ (ބ. އަތޮޅު ތައުލީމީ މަރުކަޒު)
2. ނޫމާ މުހައްމަދު، އަނޯނާގެ، އޭދަފުށި (ބ. އަތޮޅު ތައުލީމީ މަރުކަޒު)
3. އަޝްހާ އަލީ ވަހީދު، އަލިތަރި، އޭދަފުށި (ބ. އަތޮޅު ތައުލީމީ މަރުކަޒު)
4. އިޝާ ރަޝީދު، ފިޔަޖަހާގެ، ތުޅާދޫ (ތުޅާދޫ ސްކޫލް)
5. އަޢުފާ ރަޝީދު، ސަތަހަ، ތުޅާދޫ (ތުޅާދޫ ސްކޫލް)
6. އައިޝަތު އިބާނާ އަހްމަދު، ޝާހިލް (މާޅޮހު ސްކޫލް)
7. ދުންޔާ ރަޝާދު، ފިޔާތޮށިގެ، މާޅޮސް (މާޅޮހު ސްކޫލް)
8. މަލްދާ ޒާކިރު، ދާއިރާ، ކެންދޫ (ކެންދޫ ސްކޫލް)
9. ހަމްނާ ޢަބްދުﷲ އަބްދުއްލަތީފް، ދޮންވެލި، ކެންދޫ (ކެންދޫ ސްކޫލް)

އިންޓަ ސްކޫލް ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާޗުމަހު 15 ގައި މާލޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.