ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ތެރޭގައި އުރީދޫ

މޮބައިލް ވޯލްޑް ކޮންގްރެސް ގައި ބައިވެރިވާ އުރީދޫ ގްރޫޕުގެ ޓީމެއް -- ފޮޓޯ: އުރީދޫ
މޮބައިލް ވޯލްޑް ކޮންގްރެސް ގައި ބައިވެރިވާ އުރީދޫ ގްރޫޕުގެ ޓީމެއް — ފޮޓޯ: އުރީދޫ

މުވާސަލާތީ ހިދުމަތްދޭ ދުނިޔޭގެ އެންމެ ގަދަ 50 ޓެލެކޮމް ބްރޭންޑުތަކުގެ ތެރޭގައި ގަތަރުގެ ބައިނަލްއަގުވާމީ ޓެލެކޮމް ކުންފުނި އުރީދޫ ހިމެނިއްޖެ އެވެ.

ދުނިޔޭގެ އެކި ކުންފުނިތަކުގެ އަގާއި ސްޓްރެޓަޖީ ދިރާސާ ކުރާ ކޮންސަލްޓަންސީ ކުންފުންޏެއް ކަމަށްވާ ބްރޭންޑް ފައިނޭންސްއިން އިން އެ އެ ރޭންކުތައް ދީފައިވަނީ ކުންފުނިތަކުގެ ވަރުގަދަ ކަމާއި މާކެޓިންނާއި އިންވެސްޓުމަންޓުތައްކޮށްފައި ހުރި ދާއިރާތަކާއި މުވައްޒިފުންނަށް ދޭ އަހަންމިއްޔަތު ކަމާއި ކުންފުނީގެ ނަން ކުރިއަރުވާފައިވާ މިންގަނޑަށް ބެލުމަށް ފަހު އެވެ.

އެގޮތުން ބްރޭންޑް ފައިނޭންސްގެ ރިޕޯޓުގައިވާ ގޮތުގައި، ދުނިޔޭގެ އެންމެ މަތީ 500 މުއާސަލާތީ ކުންފުނިތަކުގެ ތެރެއިން އުރީދޫ އުޅެނީ 47 ވަނައިގަ އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އުރީދޫގެ އަގު ވަނީ މިދިޔަ އަހަރުގެ ތެރޭގައި 48 ޕަސަންޓުން ކުރިއަރައިފަ އެވެ. އެގޮތުން އުރީދޫ ބައިނަލްއަގުވާމީ ކުރެވި، މިދިޔަ އަހަރު އުރީދޫގެ ބްރޭންޑު ވެލިއު ހުރީ 3.1 ބިލިޔަން ޑޮލަރުގައެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އުރީދޫގެ 138 މިލިޔަން ކަސްޓަމަރުން އުޅޭ އިރު، އުރީދޫއަކީ ދުނިޔޭގައި އެންމެނަން މަޝްހޫރު އެއް ޓެލެކޮމް ބްރޭންޑަށް އަންނަނީ ވަމުންނެވެ.

އެކަމާ ގުޅިގެން އުރީދޫގެ ގްރޫޕްގެ ސީއީއޯ ޝޭހް ސައުދު ބިން ނައްސާ އަލް ތާނީ ވިދާޅުވީ އެކުންފުނިން އަންނަނީ އިތުރަށް ކުރިއަރަމުން އަންނަ ކަމަށާއި ގިނަ އަދަދަކަށް އާ ކަސްޓަމަރުންނަށް އޫރިދޫގެ ހިދުމަތް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި އުރީދު ޑޭޓާ މެދުވެރިކޮށް އިންޓަނެޓު ހިދުމަތް ބޭނުން ކުރުމުގައި އެންމެ އިސް ފަރާތަކަށް ވުމުގެ އަމާޒަށް ވެސް އެ ކުންފުނި ވާސިލްވަމުން ދާ ކަމަށް ވިދާޅުވި އެވެ.

މޯބައިލް ވޯލްޑް ކޮންގްރެސް 2017ގައި އުރީދޫ ގްރޫޕުގެ ޕެވިލިއަން -- ފޮޓޯ/ އުރީދޫ
މޯބައިލް ވޯލްޑް ކޮންގްރެސް 2017ގައި އުރީދޫ ގްރޫޕުގެ ޕެވިލިއަން — ފޮޓޯ/ އުރީދޫ

ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ އުރީދޫއަށް ޝަރަފްވެރި މަގާމެއް ލިބުނު އިރު އެ ކުންފުނިން އަންނަނީ ސްޕޭންގެ ބާސެލޯނާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ބައިވެރިވެ ފަހުގެ ޓެކްނޮލޮޖީ ދައްކާލަމުންނެވެ.

އުރީދޫ ގްރޫޕުން ބުނީ ބާސެލޯނާގައި ކުރިޔަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި އެ ކުންފުނިން އަލަށް ތައާރަފު ކުރާ ސިއްހަތާއި، ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ އިތުރުން 5ޖީ އާއި ކުޅިވަރަށް ހާއްސަ ޓެކްނޮލޮޖީ އަދި އުރީދޫ ސްމާޓް ސިޓީ ދައްކާލާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.