ދިވެއްސާއި ހިސާބަށް މޮޅީ ބ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުން

ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކަކާ މިނިސްޓަރު ސަލާމުކުރައްވަނީ- މިދިޔަ އަހަރު ދިވެއްސާއި ހިސާބަށް އެންމެ މޮޅި ބ. އަތޮޅުގެ ދަރިވަރުން
ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކަކާ މިނިސްޓަރު ސަލާމުކުރައްވަނީ- މިދިޔަ އަހަރު ދިވެއްސާއި ހިސާބަށް އެންމެ މޮޅި ބ. އަތޮޅުގެ ދަރިވަރުން

ގްރޭޑް 4 އަދި 7 ގެ ދަރިވަރުންގެ ތެރެއިން ދިވެހި މާއްދާ އާއި ހިސާބު މާއްދާއިން އެންމެ މޮޅު ނަތީޖާއެއް ހޯދާފައިވަނީ ބ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުން ކަމަށް ނޭޝަނަލް އެސެސްމަންޓް އިމްތިހާނުގެ ރިޕޯޓުން ދައްކައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންްމުކުރި ރިޕޯޓު ދައްކާގޮތުން ބ. އަތޮޅު ސްކޫލުތަކުގެ ގްރޭޑް ހަތެއްގެ ދަރިވަރުންގެ ދިވެހި މާއްދާ އަށް އެންމެ މޮޅީ 60 ޕަސެންޓް ހޯދައިގެންނެވެ. އެ މާއްދާއިން އެންމެ ދަށުން ލިބިފައިވަނީ ލ. އަތޮޅަށެވެ.

ރިޕޯޓު ދައްކާގޮތުން ގްރޭޑް ހަތަރެއްގެ ދަރިވަރުންގެ ތެރެއިން ދިވެހި މާއްދާ އަށް އެންމެ މޮޅީ 68.8 ޕަސެންޓް ހޯދައިގެން މ. އަތޮޅެވެ. އެންމެ ދަށުން ލިބިފައި ވަނީ ރ. އަތޮޅުގެ ސްކޫލުތަކަށެވެ.

މިދިޔަ އަހަރު ގްރޭޑް 4 ގެ ދަރިވަރުންގެ ހިސާބު އިމްތިހާނަށް ބަލާއިރު އެންމެ މަތީ ނަތީޖާއެއް ހޯދިކަމަށް އެ ރިޕޯޓްގައި ވަނީ ބ. އަތޮޅުގެ އިތުރުން އައްޑޫ އާއި ވ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުންނެވެ. އަދި ގްރޭޑް 7ގެ ހިސާބުން ހިސާބު މާއްދާއިން އެންމެ މަތީ ނަތީޖާއެއް ހޯދާފައިވަނީ ހދ. އަތޮޅުންނެވެ.

އިނގިރޭސި މާއްދާއަށް ބަލާއިރު، ގްރޭޑް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އެވްރެޖް ގޮތެއްގައި ހޯދާފައިވަނީ 52.9 ޕަސެންޓެެވެ. މާލެ އާއި އައްޑޫ އަދި ފުވައްމުލަކުން ވަނީ އިނގިރޭސިން އެންމެ މަތިން ހޯދައިފަ އެވެ. ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފެންވަރު ބެލުމުގެ އިނގިރޭސި އިމްތިހާނުން ވެސް އެންމެ މަތިން ހޯދާފައިވަނީ މި އަތޮޅުތަކެވެ.

ނަތީޖާތައް ދައްކާ ގޮތުން ހުރިހާ މާއްދާއަކުން ވެސް ފިރިހެން ކދަރިވަރުންނަށްވުރެ އަންހެން ދަރިވަރުން ހޯދި ނަތީޖާ ރަނގަޅެވެ.

ނޭޝަނަލް އެސެސްމަންޓް ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދުވެލި ދައްކައިދޭ އެންމެ މުހިއްމު މިންގަނޑުތަކަކީ، ދުނިޔޭގެ ފެންވަރުގެ ތައުލީމީ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ރާއްޖެ އިން ހޯދާފައިވާ ކާމިޔާބީތައް ކަމަށެވެ.

“ދިވެހި ދަރިވަރުން ހޯދާ ތައުލީމީ ނަތީޖާ، ސަރަހައްދީ ފެންވަރުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި އަޅާ ކިއުމުގެ ވަގުތު ވަނީ ޖެހިފައި،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.