ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނެވާފުށީ ރިސޯޓުގެ ބައެއް ވަޒީފާތަކަށް މީހުން ހޯދަން އިއުލާން ކޮށްފި އެވެ.
ރާއްޖޭގެ އެންމެ ފެންވަރު މަތީ އެއް ރިސޯޓުން މީހުން ހޯދަން އިއުލާން ކޮށްފައިވާ ވަޒީފާ ތަކުގެ ތެރޭގައި އެސިސްޓެންޓް އެފްއެންޑް ވީ ސާވިސް މެނޭޖަރު، ސޭލްސް ސަޕޯޓް (އެސްޕީއޯ) އަދި ސްޕާ ތެރަޕިސްޓް/ހައުސްކީޕަރ ހިމެނެ އެވެ.
އޭގެ އިތުރުން މިސްޓަ/މިސް ފްރައިޑޭ (ރަޝިއަން ސްޕީކަރ) އަދި އިނގެރޭސި ޓީޗަރަކު ވެސް އެ ރިސޯޓަށް ބޭނުން ވެގެން އިއުލާންކޮށްފައިވެ އެވެ. މި ވަޒީފާތަކަށް ހުޅުވާލާފައިވަނީ ދިވެހިންނަށްވެސް ކުރިމަތިލެވޭ ގޮތަށެވެ.
މި ވަޒީފާތައް އެ ރިސޯޓްގައި އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފި އެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ އާއެކު އައިޑީކާޑު އަދި ޕޮލިސް ރިޕޯޓް [email protected] އަށް އީ-މެއިލު ކުރުމަށް ސޮނެވާފުށި ރިސޯޓުން އެދެ އެވެ.
ސޮނެވާފުށީގެ އިތުރުން ސޮނެވާ ގްރޫޕުން ހިންގާ ސޮނެވާ ކިރި އަދި ސޮނެވާ ޖާނީގެ އެކި ވަޒީފާތަކަށްވެސް މީހުން ހޯދަން ވަނީ އިއުލާން ކޮށްފަ އެވެ.