އޭދަފުށީ މެޑިކަލް ސެންޓަރުން އައި ކޭމްޕެއް ބާއްވަނީ

eye camp

އޭދަފުށީ މެޑިކަލް ސެންޓަރުން ލޮލުގެ ބަލިތަކަށް ހާއްސަކޮށްގެން އައިކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މާޗު 11-12 އަށް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ފަރުވާ ދެއްވާނީ އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ބެސްޓް ޑޮކްޓަރ އެވޮޑް ހާސިލުކޮށްފައިވާ ލޮލުގެ ހާއްސަ ޑޮކްޓަރު ޑޭވިން ބްރަބާކަރު އެވެ.

“މި ކޭމްޕްގައި ދެވޭފަރުވާ ތަކުގެ ތެރޭގައި ލޯ ފުސްވާން ދިމާވާ މައްސަލަތަށް، ކަރުނަވަޅަށް ދިމާވާ މައްސަލަތަށް، ލޮލުން ފެން އަންނަ މައްސަލަތަށް، ހަކުރުބަލީގެ ސަބަބުން ލޮލަށްޖެހޭ ބަލިތަކަށް ފަރުވާ ދެއްވާނެ. އަދި މީގެ އިތުރުންވެސް ލޮލަށް ދިމާވާ އެހެން މައްސަލަތަކުގެ އިތުރުން ލޮލުގެ ނަންބަރު ނެގުމާއި އައިނު ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތްވެސް ލިބޭނެގޮތް ހަމަޖައްސައި ދެވޭނެ،” ރަޝީދު ވިދާޅުވި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނީ ކަށީގެ ހާއްސަ ޑޮކްޓަރު ޝާން ވެސް މިމަހު އެ ހޮސްޕިޓަލަށް ޒިޔާރްތަ ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.16819467_976445002485631_8839725635841222196_o

ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދެވުމަށް 7523242 އަދި 9631111 އާ ގުޅުމަށް އޭދަފުށީ މެޑިކަލް ސެންޓަރުން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.