އަޒަމު އާއެކު ތިން ޑޮކްޓަރަކު ފުރައިފި

ބ. އަތޮޅު ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން. މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދި ނުލިބޭ
ބ. އަތޮޅު ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން.

ބ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރެއްވި ޑޮކްޓަރުންގެ ތެރެއިން އާއްމުންގެ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯއްދަވާފައިވާ ދިވެހި ތިން ޑޮކްޓަރުން މިއަދު ފުރައިފި އެވެ.

ދޮޅު އަހަރެއްހާ ދުވަހު ބ. އަތޮޅު ހޮސްޕިޓަލުގައި ހިދުމަތް ކުރެއްވުމަށްފަހު މިއަދު ފުރި ތިން ޑޮކްޓަރުންނަކީ ޑރ. އަޒަމް ފާރިޝް އާއި އޭނާގެ އަނބިކަނބަލުން ޑރ ރާނިޔާ މަހުދީ އަދި ޑރ. އިސްމާއިލް އީޖާޒް އެވެ. މި ތިން ޑޮކްޓަރުންނަކީވެސް މެޑިކަލް އޮފިސަރުންނެވެ.
ޑރ އަޒަމު މިރޭ އީޓީ އަށް ވިދާޅުވި ގޮތުގައި އޭނާ ހޮސްޕިޓަލުން ވަކިވާން ޖެހުނީ މި ދާއިރާއިން ސްޕެޝަލިސްޓަކަށް ވުމުގުގެ ގޮތުން އިތުރަށް ކިޔަވާ ވިދާޅުވުމަށެވެ.

“މި ދާއިރާއިން ސްޕެޝަލިސްޓަކަށް ވުމުގެ ގޮތުން ކިޔަވަން ބޭރަށް ދާން ވަކިވީ. ރާނިޔާ އަދި އީޖާޒުވެސް ވަކިވީ ހަމަ މި ބޭނުމުގައި ތިން މީހުން އެކުގައި ކިޔަވަން ބޭރަށް ދާން،”

އަޒަމު ވިދާޅުވީ އާއިލީ ރަށަށް ހިދުމަތް ކޮށްދޭން ފުރުސަތު ލިބުނީތީ ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށާއި އާއިލާ އާއި އާއްމުން އަދި ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ހީވެސް ނުކުރާވަރުގެ ސަޕޯޓެއް ލިބުނު ކަމަށެވެ.

“އިރާދުކުރެއްވިއްޔާ ސްޕެސަލައިޒް ވެގެންވެސް، ރަށަށް އެކަންނެއްނޫން، އަތޮޅުތަކަށް ގޮސް ވެސް ބަލިމީހުންނަށް ވީވަރަކުން މަސައްކަތް ކޮށްދޭނަން،”

ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު ވިދާޅުވި ގޮތުގައި ދިވެހި ތިން ޑިކްޓަރުން ދިއުމަކީ އެ ހޮސްޕިޓަލަށް ލިބުނު އުނި ކަމެކެވެ.

ބައެއް އާއްމުން ސިފަކުރި ގޮތުގައި ބ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އައި ދިވެހި ތިން ޑޮކްޓަރުން މިއަދު ފުރައިގެން އެ ދިޔައީ ގިނަ ބައެއްގެ ހިތް ފަތަހަ ކުރުމަށްފަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.