ބީޓެކް އޭލެވެލް ތައާރަފުކޮށް ގްރޭޑް 11 ގެ ކިޔެވުން ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް މިއަދު ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރެއިން— ފޮޓޯ / ބއތމ
ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް މިއަދު ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރެއިން— ފޮޓޯ / ބއތމ

ބީޓެކް އޭލެވް ތައާރަފުކޮށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 11 ގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ބީޓެކަކީ ރާއްޖޭގެ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި 2014 ވަނަ އަހަރު ތައާރަފްކޮށްފައިވާ ސްޓްރީމެކެވެ. އެއިން ތަފާތު ތަމްރީނުތަކާއި ވަޒީފާގެ ތަޖުރިބާ ކުރަން ފުރުސަތު ދޭނެ އެވެ.

އޭ ލެވެލްގައި ކޮންމެ އަހަރަކުވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ބީޓެކް ފެށުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތަކެއް ފަހިކޮށް ދިނުމާ އެކު ވަޒީފާގެ ބާޒާރަށް ދަރިވަރުން ނެރުމަށް ތަމްރީނުތަކެއް ދިނުން ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އޭލެވެލް ކްލާސްތަކުގެ ކިޔެވުން މިއަދު ފެށި ނަމަވެސް މިއަދާ މާދަމާ ކުރިއަށްދާނީ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމުތަކެކެވެ. އެގޮތުން ލައިފް ސްކިލްސް އާއި ކެރިއާ ގައިޑެންސް ވޯކްޝޮޕް ތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލް އަށް ކިޔަވަން 31 ދަރިވަރުންނަށް އެ ސްކޫލުން މި އަހަރު ވަނީ ޖާގަ ދީފަ އެވެ.

މިއަހަރު އޭލެވެލްއަށް ކިޔެވުން ފަށާ ދަރިވަރުން އޭލެވެލް އިމްތިހާނު ހަދާނީ އޮކްޓޫބަރު/ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެހެންވެ، ކުރިއާ ހިލާފަށް، ހުރިހާ ދަރިވަރުންނަށް 18 އަހަރު ވުމުގެ ކުރިން މިހާރު އޭލެވެލް އިމްތިހާނު ފުރިހަމަ ކުރެވޭނެ އެވެ.

އަދި މިއަހަރުން ފެށިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލް އިމްތިހާނު ބާއްވާނީ އޯލެވެލް އިމްތިހާނު ވެސް ބާއްވާ ދުވަސްވަރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.