
ބ.އޭދަފުށީގައި މިހާރު ކުރިޔަށްދާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޖެލެންޖުގައި މިއަދު ކުޅުނު މެޗްތަކުން އަނަންތަރަ މޮޅުވިއިރު ޔުނައިޓެޑް ވީ އިން ފެއިމްސް ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރޯޔަލް އައިލެންޑް ރިސޯޓާއި އަނަންތަރަ ކިހަވަށް ވިލާޒްއެވެ. މި މެޗް 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަނަންތަރަ ރިސޯޓުންނެެވެ. މި މެޗްގައި އަނަންތަރާ ރިސޯޓުގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޝްރަފް ، އިސްމާއިލް ފައުޒީ އަދި އަޝްރަފް އަލީ އެވެ. މި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ރޯޔަލްގެ ލަނޑުތަށް ކާމިޔާބުކުރީ އަނަސް މުހައްމަދު އަދި އިރުނާސް އަހުމަދެވެ. މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށްޓަކާ ރޯޔަލްއަށްވަނީ ރަނުގެ ފުރުސަތުތަކެއް ލިބިފައެވެ.
މި މެޗްގެ މޭން އޮފް ދަ މެޗަކަ ހޮވިފައިވަނީ އަނަންތަރަ ރިސޯޓުގެ ޖާޒީ ނަންބަރ 8 އަހުމަދު އަޝްރަފެވެ.

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ފެއިމްސް ޔުނައިޓެޑާއި ޔުނައިޓެޑް ވީއެވެ. މި މެޗް ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗްގައި ފެއިމްސް ޔުނައިޓެޑްގެ ގޯލްތަށް ކާމިޔާބުކުރީ އަޒްމީން އަބްދުއްސައްތާރް އަދި އިޝާން އިބްރާހިމް (ސައްޓު)އެވެ. އަޒްމީން ވަނީ މިމެޗްގައި ދެ ލަނޑު ޖަހާފައެވެ. މޮޅު ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗްގައި ޔުނައިޓެޑް ވީ ގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ) ، މުހައްމަދު އަޖުފާން އަދި އަޔާޒް އަހުމަދެވެ. ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި މެޗްގައި ޔުނައިޓެޑް ވީ އަށް ވަނީ 2 ޕެނަލްޓީ ވެސް ލިބިފައެވެ. ނަމަވެސް އޭގެން އެއްވެސް ޕެނަލްޓީއެއް ކާމިޔާބު ކުރެވޭގޮތް ވަނީ ވަނީ ނުވެފައެވެ.
މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑްގެ ޖާޒީ ނަންބަރ 12 އިޝާން އިބްރާހިމް (ސައްޓު) އެވެ.
މި މުބާރާތުގައި މާދަމާ ހަވީރުވެސް 2 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި 16:05 ގައި ބައްދަލުކުރާނީ ރީތި ބީޗް ރިސޯޓާއީ އިރުމަތީ ލަވާރސްއެވެ. ދެވަނަ މެޗްގައި 17:05 ގައި ބައްދަލުކުރާނީ އެކުވެރި ގައިޒް އާއި ކިހާދް މޯލްޑިވްސްއެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.
