އޭދަފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ފަށައިފި

ފުލުހުން އިއްޔެ އޭދަފުށީގަިއ ފެށީ ޓްރެފިކް އޮޕަރޭޝަނުގައި ސައިކަލެއް ޗެކްކުރަނީ. މި އޮޕަރޭޝަން ހަފްތާއެއްހާ ދުވަހަށް ކުރިއަށްދާނެ- ފޮޓޯ: އޭދަފުށީ ޕޮލިސް
ފުލުހުން އިއްޔެ އޭދަފުށީގަިއ ފެށީ ޓްރެފިކް އޮޕަރޭޝަނުގައި ސައިކަލެއް ޗެކްކުރަނީ. މި އޮޕަރޭޝަން ހަފްތާއެއްހާ ދުވަހަށް ކުރިއަށްދާނެ- ފޮޓޯ: އޭދަފުށީ ޕޮލިސް

މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އޭދަފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ފަށައިފި އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުން އިއްޔެ ހަވީރު ފެށި މި އޮޕަރޭޝަން ހަފްތާއެެއްގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ޓްރެފިކް އޮޕަރޭޝަނުގައި އެކި ސަރަަޙައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓް ޖަހައި ވެހިކަލްތައް ޗެކުކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މި އޮޕަރޭޝަނުގައި އިއްޔެ ހަވީރު އެއްގަމު ދަތުރު ފަތުރުގައި ބޭނުންކުރާ 32 އުޅަނދެއް ބަލައި ފާސްކޮށްފައިވާއިރު ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާކޮށްފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނަކީ ފުލުހުން ބުނިގޮތުގައި އޭދަފުށީގެ މަގުތަކަކީ ރައްޔިތުންނަށް އަމާންތަނަކަށް ހެދުމަށާއި މަގުމަތީގައި ޤަވާއިދާއި ޚިލާފަށް ދުއްވާ އުޅަނދުތައް ދެނެގަނެ އެ ފަރާތްތަކުގެ ސަބަބުން މަގުމަތީގައި ހިނގާފާނެ ނުރައްކާތެރި ހާދިސާތަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ އިތުރުން މަގުމަތީގައި ހިނގާފާނެ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ ގޮތުން ފެށި އޮޕަރޭޝަނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.