އޭދަފުށީ ކައުންސިލަށް 12، އަތޮޅު ކައުންސިލަށް 7 ކެންޑިޑޭޓުން

މީގެ ކުރިން އޮތް އިންތިހާބެއްގައި އޭދަފުށީގެ ވޯޓްލާ މަރުކަޒެއްގައި މީހަކު ވޯޓް ލަނީ |އީޓީ ފައިލް ފޮޓޯ
މީގެ ކުރިން އޮތް އިންތިހާބެއްގައި އޭދަފުށީގެ ވޯޓްލާ މަރުކަޒެއްގައި މީހަކު ވޯޓް ލަނީ |އީޓީ ފައިލް ފޮޓޯ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އޭދަފުށީ ކައުންސިލަށާއި ބ. އަތޮޅު ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މިއަދު ބާއްވައިފި އެވެ.

މި އިންތިހާބުގައި އޭދަފުށީ ކައުންސިލަށް 12 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ އަދި ޕީޕީއެމް 5 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޓޭޓުންނެވެ.

ރަށު ކައުންސިލް އިންތިހާބުގެ އިތުރުން އަތޮޅު ކައުންސިލް އިންތިހާބުގައި ބ. އަތޮޅުގެ ތިން ދާއިރާއަށް ކުރިމަތިލި ފަރާތްތަކުގެ ކެންޑިޑޭޓް ނަންތައްވެސް މިއަދު ވަނީ ތަރުތީބު ކޮށްފައެވެ. އެގޮތުން 7 ކެންޑިޓޭޓުން އަތޮޅު ކައުންސިލަށް ވާދަކުރެއެެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން (ކެންޑިޑޭޓް ނަންބަރު ތަރުތީބުން)

1. މުހައްމަދު ރިޒާ، މުސުންރަބީއު (ޕީޕީއެމް)
2. މުހައްމަދު ނަސީރު، މަތިހާ (އަމިއްލަ)
3. ނައުޝާދު އަހުމަދު، މާފޮޅޭގެ (އެމްޑީޕީ)
4. އިރުޝާދު އިބްރާހިމް، ރާސްތާ (ޕީޕީއެމް)
5. ޒައިދު އަލީ، ހަލީމާ ހައުސް (އަމިއްލަ)
6. އަހްމަދު ރިޒާ، އުނިމާގެ (އެމްޑީޕީ)
7. ޝަމްލާ އަބްދުﷲ، މުޝްތަރީގެ (ޕީޕީއެމް)
8. އަހްމަދު ނާސިރު، ސިއްދަތުރަ (އެމްޑީޕީ)
9.  ތޮލާލު އަބްދުއްރަހްމާން، މާފަރު (ޕީޕީއެމް)
10. ހައްވާ ސަމީހާ، އަސަރީގެ (ޕީޕީއެމް)
11. ޔާސިރު ހުސައިން، ފިޔަޖަހާގެ (އެމްޑީޕީ)
12. ހަމްދޫން މުހައްމަދު، ޓިކާނާ (އެމްޑީޕީ)

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    ހުރިހާ ބޭފުޅުންނާ ކަނބަލުންނަށް ވެސް މަރުޙަބާ! އޭދަފުށީގެ ތަރައްޤީ އާއި ކާމިޔާބީއަށްޓަކައި މުހިންމު ދައުރެއް އަދާކޮށްދެވޭ ފެންވަރުގެ ބޭފުޅުންކަން ފާހަގަކޮށްލެވޭ. ކޮންމެ ބޭފުޅަކުވެސް ހިންމަތާއި މިންނަތުން ގޮނޑި ކާމިޔާބުކުރެއްވުމުގެ ޢަޒުމުގައި މަސައްކަތްކުރައްވާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.