އެއްވެސް އުސޫލެއްނެތި ޖަމިއްޔާތަކަށް ބިން ދޫކުރަނީ!

އޭދަފުށީ ކައުންސިލް އިދާރާ
އޭދަފުށީ ކައުންސިލް އިދާރާ

އޭދަފުށީ ކްލަބް ޖަމިއްޔާތަކަށް ރަށުން ބިން ދޫކުރަމުން ގެންދަނީ ލިޔެވިފައިވާ އެއްވެސް އުސޫލެއް ނެތިކަން “އީޓީ” އަށް ހާމަވެއްޖެ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ޖަމިއްޔާތަކަށް ބިން ދޫކުރަނީ ބިން ހޯދުމަށްއެދި ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން ފާސްކުރުމަށްފަހު، ހައުސިން މިނިސްޓްރީއަށް ހުށަޅައިގެން އެ މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށެވެ.

ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ، ކައުންސިލުގެ ބައެއް މެންބަރުން ވިދާޅުވީ، ޖަމިއްޔާތަކަށް ބިންދޫކުރުމުގައި ވަކި ހާއްސަ އުސޫލުތަކެއް ހެދިފައި ނެތްކަމަށާއި ބިން ހޯދަން އެދޭ ޖަމިއްޔާތަކަށް ބިން ދޫކުރަމުންދާ ކަމަށެވެ.
އެގޮތުން މިއަހަރު ކްލަބް ދަ ބިގިނާސް އަށް ބިމެއް ދީފައިވާއިރު، ކްލަބް ކޮމްބިނޭޝަން (ސީސީ) އަށްވެސް ބިމެއްދޭން ކައުންސިލުން މިހާރުވަނީ ފާސްކޮށްފަ އެވެ.

“ބިން ބިމަކީ ކައުންސިލުންދޭ އެއްޗެއް ނޫން، އަހަރެމެން މި ހަދާގޮތަކީ ޖަމިއްޔާއަކުން ބިމެއް ހޯދަން ސިޓީއެއް ލުމުން އެ ސިޓީ ފޮނުވަނީ ހައުސިން މިނިސްޓްރީއަށް، ދެން ހައުސިން މިނިސްޓްރީން ބިން ދޫކުރާނީ،” ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވި އެވެ.

ކައުންސިލުތައް އުފެދުމުގެ ކުރިންވެސް ރަށުގެ ބައެއް ޖަމިއްޔާތަކަށް ބިން ދޫކޮށްފައިވާކަން ފާހަގަ ކުރައްވަމުން ރިޒާ ވިދާޅުވީ ރާއްޖެތެރޭގެ ރަށްތައް ތަރައްގީ ކުރެވޭނީ އަމިއްލަ ޖަމިއްޔާތަކުން ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އެކަން ޖަމިއްޔާތަކަށް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

ނަމަވެސް ގޯތި ދޭއިރު އާއި ގޯތި ދިނުމުން ގޯތި ބޭނުން ކުރާނެ ގޮތުގެ އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށް އެނާވެސް ގަބޫލުކުރައްވަ އެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭގޮތްވަނީ ނުވެފަ އެވެ.

އުސޫލުތަކެއްނެތި ޖަމިއްޔާތަކަށް ގޯތި ދޫކުރަމުންދާއިރު، މީގެ އަހަރުތަކެއްކުރިން ވަފާ ޖަމިއްޔާ އަށާއި ޒުވާނުންގެ ކްލަބު އަދި ފޭލި ޖަމިއްޔާއަށްވެސް ވަނީ ގޯއްޗެއް ދޫކޮށްފަ އެވެ. ޒުވާނުންގެ ޖަމިއްޔާގެ ގޯތި ބޭނުން ނުކުރާތީ އެތަން މިހާރު އޮތީ ރަށު ކައުންސިލުގެ ބެލުމުގެ ދަށުގަ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. Ali ashraf

    Bimaa behey gaanoon hadhanee konbaeh baa?
    Bimaa behey gavaadhu thah hadhanee kon baeh baa
    Council thakah binthakaa behumah libifaivanee kon baaru thakeh thoa
    Jamiyya thakaa behey gaanoon gavaadhu hadhanee konbaeh baa
    Council thakuge baaru veri kan kobaa
    Kon baeh thoa baaru thah dhinee baaru thah hanikuree kaakubaa
    Hus ?????????

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.