އަތޮޅު ކައުންސިލުގެ މުވައްޒަފުން އެކުވެރިކަމުގެ ދަތުރެއްގައި ތިލަދުންމައްޗަށް

ބ. އަތޮޅުކައުންސިލުގެ މުވައްޒަފުން ތިލަދުއްމައްޗަށް ދިއުމުގެ ދަތުރުގައި
ބ. އަތޮޅުކައުންސިލުގެ މުވައްޒަފުން ތިލަދުއްމައްޗަށް ދިއުމުގެ ދަތުރުގައި

ބ. އަތޮޅު ކައުންސިލު އިދާރާގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ޓީމު ވަރުގަދަކުރުން މި ފަހަރު ސްޓާފް ދަތުރު އޮތީ މުޅިން ތަފާތު ގޮތަކަށެވެ.

އެ އޮފީގައި މަސައްކަތް ކުރާ މުވައްޒަފުން ގޮވައިގެން މިއަދު އޮފީސް ނިންމާލުމަށްފަހު ނައްޓާލީ ތިލަދުންމައްޗަށެވެ.

“އަޅުގަނޑުމެންގެ މިދަތުރުގެ މައިގަނޑު ބޭނުމަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ޓީމް ވަރުގަދަކުރުން، އެގޮތުން ކައުންސިލުގައި މަސައްކަތް ކުރާ 27 ހަކަށް މުވައްޒަފުން މިދަތުރުގައި ބައިވެރިވޭ،” ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލު ވިދާޅުވި އެވެ.

އާދިލު ވިދާޅުވީ މުވައްޒަފުންނަށް ތަފާތު އެކި އެކި ތަޖުރިބާތައް ކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި ދަތުރުގައި ހއ އަދި ހދ ގެ ބައެއް ރަށްރަށަށް ޒިޔާރަށް ކުރާނެ އެވެ. އެގޮތުން ހދ. ކުޅުދުއްފުށި، ހއ. ބާރަށް، ކެލާ، އުލިގަމު، ދިއްދޫ އުތީމު އަދި ހަނިމާދޫގެ އިތުރުން ށ. ކޮމަންޑޫ، އަށްވެސް ޒިޔާރަތްކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ

ބ. އަތޮޅުކައުންސިލުގެ މުވައްޒަފުން ތިލަދުއްމައްޗަށް ދިއުމުގެ ދަތުރުގައި
ބ. އަތޮޅުކައުންސިލުގެ މުވައްޒަފުން ތިލަދުއްމައްޗަށް ދިއުމުގެ ދަތުރުގައި

“މިއީ އެނުއަލު ސްޓާފް ދަތުރު، މެނޭޖްމަންޓުން މި ދަތުރު އިންތިޒާމްކުރި މައިގަނޑު ސަބަބަކީ މުވައްޒަފުން މިދިޔަ އަހަރު ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް. މިދިޔަ އަހަރު އަތޮޅުކައުންސިލުން ހިންގި ހުރިހާ އިވެންޓްތަކެއްވެސް ކާމިޔާބު ވުމުގައި އެއްމެ ބޮޑު ހިއްސާއެއްވީ މި އިދާރާގެ ހީވާގި މުވައްޒަފުން،” އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދަތުރުގެ ސަބަބުން އެކި ރަށްރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުވެ، އެކުވެރިކަން އާލާވެ، އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.

އަތޮޅު ކައުންސިލު އިދާރާގެ ޓީމް ތިލަދުންމައްޗަށް ފެށި ދަތުރު ނިންމާލުމަށްފަހު އެނބުރި ރަށަށް އަންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. ރިޒާ

    އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން ފެނިަފއި ވަރަށް އުފާވޭ.. ހިތަށް އަރާ މި ތަނުގައިވެސް ހަމަ އެގޮތަށް ވާނެބާއެ..
    ތަނުގެ ސީނިއާ މެނޭޖްމަންޓްގެ އެހީތެރިކަން ލިބިގެން ނޫނީ އެއްވެސް ތަނެއް ރަނޣަޅެއް ނުވާނެ.. ހޮސްޕިޓަލްވެސް ރަނގަޅުކުރަން ބޭނުމިއްޔާ ސިދުގީއާއި ވަހީދު ބޭރުކުރަން ޖެހޭ. ސްކޫލް ރަގަނޅުކުރަން ބޭނުމިއްޔާ ރަފީއު ބޭރުކުރަންޖެހެޭ.. ފެނަކަ ރަނަގަޅުކުރަންޔާ އަންވަރު ބޭރުކުރަންޖެހޭ.. ރަށު ކައުންސިލް ރަނގަޅުކުރަންޔާ ނިއުމާ ބޭރުކުރަންޖެހޭ.. ރައްޔިތުން މިކަންކަމާ ވިސްނާ ހައްލެއް ހޯދުމަށް މަސައްކަތްކުރޭ. އަދި މުވައްޒަފުންގެ ހައްގުތައް ހޯދުމަށް މުވައްޒަފުން ނުކުތުމަށް ގޮވާލަން…

    ރައްދު
  2. މުޚުތާރު

    ބަޔަކު ކަމެއް ކުރީމަ އެކަން ހަޖަމް ނުވާ މީހުން ގިނަވީމަ ވާނީ އެހެން.. ހަމަ ހަގީގަތުގަވެސް އަތޮޅު ކައުންސިލްގެ މުވައްޒަފުންނަކީ ހީވާގީ، ކެރޭ، ކުޅަދާނަ އަދި މުރާލި ބައެއް. ކޮންމެ ކަމެއް ކުރަން ޖެހުނު ކަމުގައިވީނަމަވެސް ފަހަށް ނުޖެހި ހިއްވަރާއި އަޒުމާއެކު ސާބިތުކަމާއެކު އެކަން ކުރާ ބައެއް.. މީގެ ސަބަބުތައްވެސް ވަރަށް ގިނަ. ކޮންމެ ކަމެއް ކުރާ އިރުވެސް ކައުންސިލްގެ ރައީސް އެންމެ ކުރީގައި ހުންނަވާ.. ނައިބް ރައީސް އާއި ޒިންމާދާރުވެރިޔާ އާއި ސީނިއާ މެނޭޖްމަންޓްގެ ހިއްސާވެސް ކުޑައެކޭ ނުދެންނެވޭނެ. ކޮންމެ ކަމެއްގައިވެސް މަސައްކަތު މީހާއިން ފެށިގެން ރައީސެމީހާ އާއި ތަފާތެއް ނުފެނޭ.. އެއްބައެއްގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާ ބަޔަކަށް ﷲ ކާމިޔާބު ދެއްވާނެ.. މާﷲ އަޅަމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށި.. މިކުރާ މަސައްކަތުަގއި ބަރަކާތް ލައްވާށި.. އާމީން.

    ރައްދު
  3. Ghassu

    Leeshan vaanuvaa nengi anga thelhumah vure mauloomaathu hoadhagien comeent kurun maa molhu. Islaamee nazarakun beliyas dhogu thuhumathu elhumakee huhdha kameh noon. Furihama mauloomaathu dhrefaanan vaanuvaa nengenna. Aharen number ah gulhaa. 9898746. Kaaku kan nengey kaaku kan ingey gothah commrnt kuraany kohun.keri hure kaaku kan ingey gothah mi buny

    ރައްދު
    1. މާބިން

      ކަމުގެ ހަގީގަތް ނުބަލާ ވާހަކަ ދެއްކުމަކީ ބައެއްގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުން ނޫން ކޮން ކަމެއްތޯ ؟؟؟ ހަޖަމް ކޮށްލާ….

      ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.