ވަފާ ޖަމިއްޔާއިން އޭދަފުށި ސާފުކުރުމުގެ ޕްރޮގްރާމެއް މާދަމާ ފަށަނީ

އޭދަފުށި ސާފުކުރުމަށް ކުރިން ހިންގި ހަކަރާތެއްގެ ތެރެއިން. ވަފާ ޖަމިއްޔާއިން މާދަމާ މިރަށް ސާފުކުރުމުގެ ހަރަކާތެއް ފަށާނެ—ފައިލް ފޮޓޯ
އޭދަފުށި ސާފުކުރުމަށް ކުރިން ހިންގި ހަކަރާތެއްގެ ތެރެއިން. ވަފާ ޖަމިއްޔާއިން މާދަމާ މިރަށް ސާފުކުރުމުގެ ހަރަކާތެއް ފަށާނެ—ފައިލް ފޮޓޯ

ޖަމިއްޔަތުލް ވަފާއިން މާދަމާ އޭދަފުށީ ސާފުކުރުމުގެ ސިލްސިލާ ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ޖަމިއްޔަތުލް ވަފާގެ ރައީސް އަހްމަދު އަންވަރު މިރޭ “އީޓީ” އަށް ވިދާޅުވި ގޮތުގައި ދުނިޔޭގެ މޫސުމާބެހޭ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމު ފަށާނީ މާދަމަ ހެނދުނު 8:00 ގަ އެވެ.

އަންވަރު ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ސާފުކުރާނީ ރަށް ވަށައިގެން ގޮނޑުދޮށް ކަމަށާއި އެއަށްފަހު މޫދަށް އެރޭ ސަރަހައްދުތައްވެސް ސާފުކުރަން ނިންމާފައިވާ ކަމަށެވެ.

“ފުރަތަމަ މި ފަށަނީ އެއްވެސް ބަޔަކަށް އަޅާނުލެވި އޮތް ތަނަކީ ދޯނިއެހެލާ ސަހަރައްދު، އެތާ އެބައޮތް ކުނި ހެސްކިޔާފަ، ސަލާމަތް ނުވާވަރަށް، މާދަމާ ޓާގެޑް ކޮށްފައި މިއޮތީ ރިވެޓްމެންޓް ނިމުނު ހިސާބުން ފެށިގެން ދިރާގާ ހަމައަށް ސާފުކުރަން،” އަންވަރު ވިދާޅުވި އެވެ.

“އެއަށްފަހު މޫދަށްއެރޭ ސަރަހައްދުވެސް ސާފުކުރަން ފަށާނަން. މިއީ ސިލްސިލާ އެއް ފެށުނީ. މި ބުރު ނިންމާނީ މުޅި ރަށް ކަވަރކޮށްފައި، މި ހަރަކާތުގައި ރަށުގެ އެހެން ޖަމިއްޔާތަކުންނާއި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް،”

އަހަރެމެން ވަށައިގެންވާ މާހައުލު ސާފު ތާހިރުކޮށް ބޭއްވުމަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު މުހިއްމު ކަމެކެވެ. އެހެންވެ އަހަރެމެން އެންމެންގެ ފަރުދީ ޒިންމާ އަދާކޮށް ވަފާ ޖަމިއްޔާ އިސްވެއޮވެ، މާދަމާ ފަށާ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވަމާ ހިނގާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.