އުރީދޫގެ ޓެކްނޮލޮޖީގެ އެހީތެރިކަން ގެސްޓްހައުސްތަކަށް

ooredoo.gam_

ގެސްޓްހައުސްތަކަށް އައިޓީ އަދި މުއާސަލާތީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫން ގެސްޓްހައުސް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ކަރަމެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވީ އެ އެއްބަސްވުމުގެ މަގުސަދަކީ ގެސްޓް ހައުސްތަކަށް މުވާސަލާތީ އަދި ޓެކްނޮލޮޖީ ސޮލިއުޝަންސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

“ހާސިލުކުރަން ބޭނުންވަނީ ދެކަމެއް. ފުރަތަމަ ކަމަކީ ގެސްޓްހައުސްތަކުގެ ހުރިހާ ޓެލެކޮމް އަދި އައިޓީ ބޭނުންތައް މިހާރަށް ވުރެ ފަސޭހަ ކޮށްދިނުން. ބޭނުންވާ ކަންތައްތައް މިހާރު ވަނީ ދެނެގަނެވިފައި. ދެ ވަނަ ކަމަކީ މި ޚިދުމަތްތަކުގެ އަގުހެޔޮކޮށް، ޚިދުމަތް ފޯރުކޮށްދިނުން،” ވިކްރަމް ވިދާޅުވިއެވެ.
ވިކްރަމް ވިދާޅުވީ ގެސްޓް ހައުސްތަކަށް އެހީތެރިވެދިނުމަށް އުރީދޫ އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށާއި، އުރީދޫގެ ސީއެސްއާރު ބަޖެޓުން ޚަރަދުކޮށްގެން ވެސް ގެސްޓްހައުސްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

“ގެސްޓްހައުސްތައް ރަނގަޅަށް ހިންގުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް،”

މި ރަސްމިއްޔާތުގައި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ކަރަމް ވިދާޅުވީ މިއަދު ވި ޕާޓްނަޝިޕްގެ ދަށުން ގެސްޓްހައުސްތަކަށް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ވަރަށް ރަނގަޅު ސޮލިއުޝަންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގެސްޓް ހައުސްތަކަކީ ވަރަށް ގިނަ ދާއިރާތަކުގެ ޚިދުމަތްތަކާ އެކު ހިންގޭ ތަންތަނަށް ވީ ހިނދި، އެހެން ދާއިރާތަކުން ގެސްޓްހައުސްތަކަށް އެހީތެރިކަން ދޭން ޝައުގުވެރިވާ ފަރާތްތަކާ އެކުވެސް، ޖަމިއްޔާގެ ފަރާތުން ޕާޓްނަޝިޕް ހަދަމުން ގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.