ވަފާއިން އޭދަފުށި ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

އޭދަފުށި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ. – ފޮޓޯ: ރާއިފް ޔޫސުފް/އީޓީ
އޭދަފުށި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ. – ފޮޓޯ: ރާއިފް ޔޫސުފް/އީޓީ

ޖަމިއްޔަތުލް ވަފާއިން އޭދަފުށި ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ވަފާ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ފެށި ސާފުކުރުމުގެ ހަރަކާތުގައި ރަށުގެ ހުޅަނގު ސަރަހައްދުގެ އަތިރިމަތި ސާފުކުރިއިރު، ގަޑިއެއްހާއިރު ތެރޭ ސިމެންތި ހުސްކުރި ގޯނީގައި 400 އަށް ވުރެ ގިނަ ގޯނި ކުނި އެއްކުރެވިފައިވާ ކަމަށެވެ.

“ޕްލާސްޓިކް ފުޅިއާއި ކޮތަޅުގެ އިތުރުން ބިއްލޫރި ފުޅި އަދި ދަޅުފަދަ ތަކެތި ގިނަ އަދަދަކަށް ގޮނޑު ދޮށުން ނެގުނު،” އޭނާ ވިދާޅުވި އެވެ.

އޭދަފުށި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ. – ފޮޓޯ: ރާއިފް ޔޫސުފް/އީޓީ
އޭދަފުށި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ. – ފޮޓޯ: ރާއިފް ޔޫސުފް/އީޓީ

ވަފާ ޖަމިއްޔާގެ ރައީސް އަހްމަދު އަންވަރު ވިދާޅުވި ގޮތުގައި އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި މިއަދު ފެށި މި ޕްރޮގްްރާމު ސިލްސިލާކޮށް ކުރިއަށް ގެންދިއުމުގައި މުއައްސަސާތަކާއި އެހެން ޖަމިއްޔާތައް އަދި އާއްމުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

“މި ހަރަކާތުގައި ބައިވެރިލެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން، ހާއްސަ ޝުކުރެއް އޭދަފުށީ ކައުންސިލަށާއި ފޭލި ޖަމިއްޔާއަށް،” މަސައްކަތް ނިންމާލުމަށްފަހު ޖަމިއްޔަތުލް ވަފާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

އަންވަރު ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ސާފުކުރާނީ ރަށް ވަށައިގެން ގޮނޑުދޮށް ކަމަށާއި އެއަށްފަހު މޫދަށް އެރޭ ސަރަހައްދުތައްވެސް ސާފުކުރަން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.