
މިއަހަރުގެ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވައިފި އެވެ.
މި ހަފްތާ ބަންދުގައި އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ހިތާދޫ ގައި ބޭއްވި މި މުބާރާތުން 13 ދަރިވަރަކު ވަނީ ގައުމީ މުބާރަތަށް ހޮވައިފަ އެވެ. އެއި ސްކޫލުތަކުން ހަތް ދަރިވަރުންނާއި އަމިއްލަ ގުރުއާން ކުލާސްތަކުން ހަ ދަރިވަރުންނެވެ.
ބ. އަތޮޅުގެ ފަސް ސްކޫލަކުންނާއި ބައެއް އަމިއްލަ ގުރުއާން ކްލާސްތަކުން 34 ކުދިން ވާދަކުރި މި މުބާރާތުން ގައުމީ މުބާރަތަށް ހޮވިފައިވަނީ ހިތާދޫ ސްކޫލުގެ ނުހާ އިސްހާގު އާއި، ނާއިލާ މުހައްމަދު އާއި، ނަޖުމާ އަބްދުﷲ އާއި، އައިޝަތު ޖުވައިދާއާއި، ތުޅާދޫ ސްކޫލުން ރިޝާމް އަބްދުއްރަހީމް އާއި، އަމާން އަހްމަދު އަބްދުﷲގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުސައިން އައުޝަމް ސައީދު އެވެ. މީގެ އިތުރުން އަމިއްލަ ގުރުއާން ކުލާސްތަކުން ހޮވުނީ، ކެންދޫ ތަބަތުއްނޫރު ގުރުއާން ކުލާހުން މަލްދާ ޒާކިރު އާއި، ސާމާ އަބްދުލްމަތީން އާއި، ސަދާން އަބްދުލްހަމީދު އާއި ދަރަވަންދޫ ފަވްޖުލް އީމާން ގުރުއާން ކުލާހުން މޫސާ ނުސައިރުގެ އިތުރުން އޭދަފުށީ ތުތިޔަ ސްޕެޝަލް ގުރުއާން ކުލާހުން ފާޠިމަތު ޔުމްނާ އާތިފް އެވެ.
ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ފަހުކޮޅު މާލޭގަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ކުދިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހު ކުރީކޮޅު ގަ އެވެ
ނޫނޭ.ތިކިޔަނީ ރަނގަޅަކަށް ނޫން.ތުޅާދޫ ހުރިހާ ދަރިންނާ ދަރަވަންދޫ ހުރިހަ ދަރިން ނުހޮވުނީމަ ހަޖަމް ނުވެގެން ތި އުޅެނީ..އިންސާފު ނުވެގެން ތި އުޅެނީ އެހެންވެގެން ދެއްތޯ!
ހޫން. ހުސް އޭދަފުށީ ދަރިން ނުހޮވުނީމަ އިންސާފުނުވީ. ހާދަ ބޮޑާ ބައެކެދޯ. ބަލަ އެހެން ރަށްރަށުގެ ކުދިންވެސް މޮޅަށް ކިޔަވާ. ތިދެން ހަޖަމް ނުވިއަސް ބޮޑުވަރު.
އިންސާފަށް ފަނޑިޔާރުކަން ކުރާ މުބާރާތަކީ ކޮބާ؟ މާލޭގަ ގައުމީ މުބާރާތުގަވެސް މޮޅު ފަނޑިޔާރުން ތިބެގެންވެސެ ބޭނުންވާ ދރިވަރުންނަށް ތަބަކަށް ލައިގެން ޖާގަ ބަހަނީ .ދެން ކީކޭ ކިޔާނީ!
ތިޔައީ އިންސާފުކުރި މުބާރާތެއް ނޫން. ތަބަކަށްލައިގެން ބޭނުންވާ ދަރިވަރުންނަށް ޖާގަ ބެހި މުބާރާތެއް. އިންސާފުގެ ކަންފުޅެއްވެސް ފަނޑިޔާރުންގެ ކިބައިގައި ހުރިނަމަ، އެގޮތަށް އަމުދުން ގުރުއާން މުބާރަތެއްގައި ފަނޑިޔާރުކަމެއް ނުކުރީސް. ބޭއިންސާފުގެ އިންތިހާ ޖަޖަުންނަށް އަދި ދުވަހެއް އޮތްކަން ހަނދާންކޮށްދެން
މުބާރާތުގައި ޖަޖްކަން ކުރެއްވީ އަމިއްލަ ގުރުއާން ކްލާސްތަކުގެ ގާރީންނާއި ވާދަކުރި ސްކޫލުތަކުގެ ގާރިން ކަމަށްވުމުން އެންމެ އިންސާފުވެރިކަމާމެދި ޖަޖް ކުރެވުނު ކަމާމެދު ސުވާޅު އުފެދޭ. އެހެނީ އަތޮޅުގައި މިއަށްވުރެ ދަންފެންރުގަިއ ބާއްވާ މުބާރާތްތަކުގައިވެސް ޖަޖްކަން ކުރަނީ މާލޭ ގައުމީ މުބާރާތްތަކުގައި ޖަޖްކަން ކުރައްވާ ބޭފުޅުން.