ދިގު ކިޔޫގައި ނުޖެހި ޝާން އަށް ދައްކަން ރަނުގެ ފުރުސަތެއް

16819467_976445002485631_8839725635841222196_o

ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޝާންގެ ވަރަށް ހާއްސަ މެޑިކަލް ކޭމްޕެއް އޭދަފުށީ މެޑިކަލް ސެންޓަރުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނިގޮތުގައި އަންނަ ސްކޫލް ބަންދާ ދިމާކޮށް މިކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ވީހާވެސް ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށް ދިނުމުގެ މަގްސަދުގަ އެވެ.

ހަތަރު ދުވަހަށް ދިގުދެމިގެންދާ މިކޭމްޕް އޮންނާނީ މާޗު 18 ،19 ،20 އަދި 21 ގައެވެ. ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުގެ އޮފިސަލް ވިދާޅުވީ އައިޖީއެމްއެޗް ގައި ދިގު ކިއުގައި ޖެހިގެން ނުތިބެ، ފަސޭހަ ކަމާއެކު ޑރ ޝާންއަށް ދެއްކުމަށް އަވަހަށް އޭދަފުއްޓަށް އައުމަށެވެ.

ވިދާޅުވީ އަތޮޅުތެރޭގެ ގިނަ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑރ ޝާން އަށް އެޕޮއިންޓްމެންޓް ހޯދުމެވެ. އެހެންވެ އެ ސެންޓަރުން މަސައްކަތްކުރައްވަނީ އެ މައްސަލައަށް ލުޔެއް ހޯދައި ދިނުމަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

“މާލެއިން ޑރ ޝާން އަށް ދައްކަން ވަރަށް އުދަނގޫ. ބައެއް މީހުން ބުނާގޮތުން އައިޖީއެމްއެޗް ގައި ނަންނޯޓް ކުރާއިރު އޮންނަނީ 2000 ވަނައިގައި ނޫނީ 800 ވަނައަށް ވުރެވެސް މަތީގައި. އެތައް މަހެއް ފަހުން ދެއްކެނީ، ދިގު ކިއުގައި ޖެހުމުގެ ބަދަލުގައި މި ޗުއްޓީއާ ދިމާކޮށް މިކޮޅަށް (އޭދަފުއްޓަށް) އައުމުން ވަރަށް ފަސޭހަވާނެ ދައްކާލަން، މާލެއިން ލިބޭ ހުރިހާ ހިދުމަތެއް މިކޮޅުންވެސް ލިބޭނެ، ޑރ ދެއްވާ ހުރިހާ ބޭހެއްވެސް މިތަނުން ލިބޭނެ، އޮފިޝަލް ވިދާޅުވި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނި ގޮތުގައި އެ ސެންޓަރުން މިފަދަ ކޭމްޕުތައް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ، ރައްޔިތުން މާލެ ދިއުމަށްޓަކައި ކަނޑުމަތީގައި އުފުލާ ބުރަތަކާއި މާލޭގައި ސިއްހީ ޚިދުމަތްތައް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަތައް ނުކޮށް، އަމިއްލަ ރަށުގައި ބައިތިއްބައިގެ އެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މިއީ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް ބާއްވާ ކޭމްޕުތަކެއް ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.